މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދާދިނުމަށް ކަމަށްބުނެ ބާއްވަމުންދިޔަ މުޒާހަރާ ފުލުހުން ރޫޅާލައިފިއެވެ.

އެހެން ރޭރެއެކޭ އެއްފަދައިން މިރޭ ވެސް ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރިއަށް ޒުވާނުންތަކެއް އެއްވެ ވަނީ މުޒާހަރާ ކޮށްފައެވެ.

މި މުޒާހަރާ ވަކި ހިސާބަކުން ފުލުހުން ރޫޅާލާނެކަމުގެ އިންޒާރު އެ ތަނުގައި ދިނެވެ. އަދި އެއަށްފަހު ފުލުހުންވަނީ މުޒާހަރާގެ ބައިވެރިން ދުރަށްޖައްސައި، މުޒާހަރާ ރޫޅާލާފައެވެ.

މުޒާހަރާ ރޫޅާލުމުގައި ޕެޕަރ ސްޕްރޭ ވެސް ފުލުހުން ބޭނުންކުރިއެވެ. އަދި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މިރޭގެ މުޒާހަރާ ކުރިއަށްދިޔައިރު ވަކިހިސާބަކުން ވަނީ ޓީޓީ ޓޭބަލް ބަހައްޓައިގެން ޓީޓީ ކުޅެ ކެރަމް ފަދަ ކުޅިވަރުތައް ވެސް މުޒާހަރާގައި ކުޅެ ހަދާފައެވެ. ވަކި ހިސާބަކުން ބާރަށް ލަވަ ޖަހަމުން ދިޔަ މަންޒަރު ވެސް ފެނުނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން