ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ކަމަށް ބުނެ ޒުވާނުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލީ އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް، ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭގެ އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު،އަށް އިންސާފު ހޯދައިދިނުމަށް ކަމަށްބުނެ ޒުވާނުން ހިންގަމުންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައި މުޒާހަރާގައި އިސްކޮށް ހަރާކަތްތެރިވި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ރޭގެ މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ގިޓާ ފަދަ ތަކެތި ބޭނުންކޮށްގެން ލައިވް މިއުޒިކް ކުޅެ އަދި ކެރަމް އާއި ޓޭބަލް ޓެނިސް ފަދަ ކުޅިވަރުތައް މަގުމަތީގައި ކުޅެ އާންމު ދަތުރުފަތުރަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށްފައެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ ފާއިތުވެ ދުވަސްތަކުގައި މާލޭގެ މައިމަގު ކަމަށްވާ، މަޖީދީމަގުން ދުއްވާ އުޅަނދު ފަހަރަށް އެމަގު ބަންދުވާ ގޮތަށް ބައެއް ޒުވާނުން ހިންގަމުން ގެންދިޔަ އިހުތިޖާޖުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި އާންމު ވިޔަފާރިތަކަށް ނޭދެވޭ އަސަރުތަށް ކުރާކަމުގެ ޝަކުވާ އެ ޚިދުމަތަށް ލިބެމުންދިޔަ ކަމަށެވެ. ފުލުހުން ބުނީ މިއަދަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަމަށް ވުމާ އެކު، އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރު ދިނުމަށް ފަހު، ރޭ ބޭއްވި އެ ހަރަކާތްތައް ހުއްޓުވައި އެއްވުން ރޫޅާލާފައިވާ ކަމަށެވެ. އަދި މި ފިޔަވަޅު އަޅާފައި ވަނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު