އިނގުރު ސަޔަކީ ދިވެހިންގެ މެދުގައި ވަރަށް މަޤްބޫލު، ރަހަ މީރު އަދި ފައިދާހުރި ބުއިމެކެވެ. ހާއްސަކޮށް ފިނި މޫސުމުގައި އިނގުރު ސައި ބުއިމަކީ ގިނަ ބައެއްގެ އާދައެކެވެ. އާންމު ގޮތެއްގައި ގިނަ މީހުން މި ސައި ބޮއެ އުޅެނީ މިއިން ހަށިގަނޑަށް ލިބޭ ފައިދާތައް ގިނަވުމުންނެވެ.
ތިރީގައި މި ހިމަނާލަނީ އިނގުރު ސައި ބުއިމުން ލިބޭ ބައެއް ފައިދާތަކެވެ.
ދިފާއީ ނިޒާމު ވަރުގަދަވޭ
އިނގުރުގައި ގިނަ އަދަދަކަށް އެންޓި-އޮކްސިޑެންޓްސް އާއި ވިޓަމިން ސީ އެކުލެވެއެވެ. އެހެންވެ މި ބުއިމުން ހަށިގަނޑު ބަލިތަކުން ރައްކާތެރިކޮށްދެއެވެ. ހާއްސަކޮށް ފިނި މޫސުމުގައި ޖެހޭ އާންމު ބަލިތަކުން ސަލާމަތްވުމަށް އިނގުރު ސައި ބުއިމުން އެހީތެރިވެދެއެވެ.
ހަޖަމުގެ ނިޒާމު ރަނގަޅުވޭ
އިނގުރަކީ އޭގައި ޖިންޖަރޯލް ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭ އެއްޗެކެވެ. މި މާއްދާއަކީ ހަޖަމުގެ ނިޒާމު ހަރުދަނާ ކުރުމުގައި އެހީވެދޭ މާއްދާއެކެވެ. އެހެންވެ މި ބޭނުން ކުރުމުން ބަނޑުގައި ގޭސް އުފެދުމާއި، ހޮޑުލުން ފަދަ މައްސަލަތައް ކުޑަކޮށްދެއެވެ. އަދި ކެއުމަށްފަހު އިނގުރު ސައި ބުއިމުން ކާތަކެތި އަވަހަށް ހަޖަމުވުމަށް މަގުފަހިވެއެވެ.
ހަށިގަނޑުގެ ރިހުންތައް ކުޑަކޮށްދޭ
އިނގުރުގައި އެކުލެވޭ އެންޓި-އިންފްލެމެޓަރީ ބާވަތްތަކުގެ ސަބަބުން، ހަށިގަނޑުގެ ރިހުންތަކާއި، މަސްތަކުގެ ވޭން ލުއިކޮށްދެއެވެ. ހާއްސަކޮށް ބުރަ މަސައްކަތްތަކަށްފަހު އިނގުރު ސައި ބުއިމުން ހަށިގަނޑަށް ލުޔެއް ލިބިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު