ދިވެހީންގެ ތެރޭގައި މިހާރު ވަރަށް ބޮޑަށް މަގުބޫލުކަމެއް ލިިބިގެން އުޅޭ އީ-ކޮމާސް ޕްލެޓް ފޯމު، ޓެމޫއިން ދިވެހި ފައިސާގެ ނޫޓުގެ ޑިޒައިން ޖަހައިގެން ތުވާލި ވިއްކަން ފަށައިފި އެވެ.
ޓެމޫގެ ވެބްސައިޓުން ފެންނަ ގޮތުން "ބީޗް ޓަވަލް"ގެ ގޮތުގައި ވިއްކަނީ ދިވެހި ފައިސާގެ 1000 ރުފިޔާގެ ނޫޓު ޖަހާފައިވާ ތުވާއްޔެެވެ. ފެހުރިިހީގެ ފޮޓޯ ޖަހާފައިވާ އެ ނޫޓަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރޭގައި ވެސް އެންމެ މަގުބޫލު ދިވެހި ނޫޓެވެ.
އެ ތުވާލި ޓެމޫގައި ވިއްކަނީ 11 ޑޮލަރަށެވެ.
ސުވެނިއާގެ ގޮތުގައި ދިވެހި ފައިސާގެ ޑިޒައިން ޖަހައިގެން ވިއްކަމުންދާތީ ދިވެހީންގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެކަން މަޖާވެގެން ވެސް ޕޯސްޓުތައް ވަނީ ކުރަން ފަށައިފަ އެވެ.
އެއްހާސް ރުފިޔާގެ ނޫޓުގެ އިތުރުން ކުރިން ބޭނުންކުރި ފަސް ރުފިޔާގެ ނޫޓުގެ ޑިޒައިން ފުޅިތަކުގައި ޖަހައިގެން ވެސް ޓެމޫގައި ވިއްކަމުން ދެއެވެ.
އަދި ރާއްޖޭގެ ދިދައާއި މަންޒަރު ހިމެނޭ އެހެނިހެން ތަކެތި ވެސް ޓެމޫގައި ވިއްކަން ލިސްޓުކޮށްފައި އެބަ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު