ސައިކަލެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހާ--
ސައިކަލެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހާ--
ސައިކަލެއް ވަގަށް ނަގައިގެން ދުއްވަމުން ދަނިކޮށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ޏ. ފުވައްމުލައް/ ދޫޑިގަން، މުހައްމަދު މުރުޝިދު (35އ.) ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި މުރުޝިދުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާއަކީ އެ ބާވަތުގެ ބަންދާއި ހައްޔަރުގެ ކުށުގެ ރެކޯޑު އޮތް ފަރާތެކެވެ.

މުރުޝިދު ދުއްވަމުން ދަނިކޮށް ފުލުހުން އަތުލި ސައިކަލަކީ އޭނާ ދަންނަ މީހަކު ދިން ސައިކަލެއްކަމަށާއ،ި އެފަރާތުގެ ފުރިހަމަ މަޢުލޫމާތު ނޭނގޭކަމަށް ބުނެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ކެނަބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެ މިދިޔަ އަހަރުގެ ޖުލައި މަހު ޑްރަގު ކޯޓުން މުރުޝިދުގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. ނަމަވެސް ފަރުވާގެ ފުރުސަތު ވެސް އޭރު އޮތުމާއެކު އެ ހުކުމް އެއްވެސް ވަރަކަށް ތަންފީޒުކުރިކަމެއް ސާފެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން