މާލޭގެ ގެއެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ކަމަށްބުނެ ޒުވާނުންތަކެއް ބާއްވަމުންދާ މުޒާހަރާއިން ރޭ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 3 ދުވަސް ޖަަހައިފިއެވެ.
ރޭގެ މުޒާހަރާގައި އާންމުންނަށް އުނދަގޫވާ ފަދަ އަމަލުތައް ހިންގަން ފެށުމުން ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލާފައެވެ. މުޒާހަރާ ރޫޅާލުމަށް ޕެޕަރސްޕްރޭ ވެސް ޖަހާފައިވާއިރު ރޭގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު ޝިމަން އަޙްމަދާއި ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޢަބްދުالله މަހްޒޫމް މާޖިދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން މި ދެ މީހުން ވެސް 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ރޭ ބުނެފައިވަނީ އޭގެ ދެ މީހުން ވެސް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުންކަމަށެވެ. އަދި އޭގެ ތެރެއިން މަހްޒޫމް ހައްޔަރުކުރި އެއް ސަބަބެއްގެ ގޮތުގައި، ފުލުހަކަށް ހަމަލާދޭން މަސައްކަތްކުރުން ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު