ރާއްޖޭގެ ޤައުމީ ޓީމުގެ ޑިފެންޑަރ މުޙަންމަދު ނިޒާމް (ޕީކޭ)
ރާއްޖޭގެ ޤައުމީ ޓީމުގެ ޑިފެންޑަރ މުޙަންމަދު ނިޒާމް (ޕީކޭ)
ރާއްޖޭގެ ގައުމީ ޓީމުގެ ޑިފެންޑަރ މުޙައްމަދު ނިޒާމް (ޕީކޭ) ކުރިޔަށް އޮތް އެފްއޭއެމް ލީގުކަޕްގައި ނިއުރޭޑިއަންޓާ ގުޅެން ނިންމައިފިއެވެ.

ނިޒާމް މިވަގުތު ހުރީ ސްޕަރ ސްޕޯޓްސް ޔުނައިޓެޑް (ސަސް) ގައެވެ. ނަަމަވެސް ކުރިއަށް އޮތް މުބާރާތަށް އޭނާއަށް ރިލީޒްދޭން އެ ކުލަބުން ނިންމާފައިވާކަމަށް ނިއުގެ ޗެއަރމަން މިއަދު ވަނީ ވިދާޅުވެފައެވެ.

އަދި ނިޒާމް ވެސް މި މުބާރާތަށް ނިއުއާއި ގުޅެން ނިންމާފައިވާތީ މާދަމާއިން ފެށިގެން ނިއުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެކަމަށް ނިއުގެ މެނޭޖުމަންޓުން މައުލޫމާތު ދެއެވެ.

އެފްއޭއެމް ލީގުކަޕު ކާމިޔާބު ކުރުމަށް ނިއުއިން އަމާޒު ހިފާފައިވާއިރު އިއްޔެ ވަނީ ގައުމީ ޓީމްގެ ދެވަނަ ކީޕަރު އަލީ ނާޖިހު ވެސް ނިއުއާއި ގުޅިފައެވެ. ނާޖިހްގެ އިތުރުން މިސްރަށް ނިސްބަތްވާ އަޙްމަދު މަހުމޫދު ވެސް އިއްޔެވަނީ ނިއުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

އެއްވަނަ ޑިވިޒަންގެ ބައެއް ޓީިމްތައް ވެސް ހިމެނޭ އެފްއޭއެމް ލީގުކަޕުގައި މި މަހުގެ 4 ވަނަ ދުވަހު ނިއު އިން ނުކުންނާނީ ވަރުގަދަ މާޒިޔާއާއި ދެކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން