ނޫސްވެރިންގެ މަސައްކަތުން އިންސާފު ޤާއިމް ކުރުމަށް ވަރަށް ބޮޑު އެހީތެރިކަން ލިބޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން ގެންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިޢާރު ކަމުގައިވާ "ހިތްވަރުގަދަ އައު ދުނިޔެއެއްގައި ރިޕޯޓުކުރުން- ނޫސްވެރިކަމުގެ މިނިވަންކަމާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖެންސްގެ އަސަރު" އިން ހަނދާންކޮށްދެނީ ޢާންމުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި މިނިވަން އަދި އިތުބާރުހުރި ނޫސްވެރިކަމެއް އަދާކުރާ މުހިންމު ދައުރުކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭ އާޓިފިޝަލް އިންޓެލިޖެންސްއަކީ އާންމު ހެޔޮކަމަށް މަގުފަހިކުރާ ބާރެއްކަމަށެވެ. އަދި އެއީ މުޖުތަމަޢުތަކުގައި ގިނަފަހަރަށް އިތުބާރު ގެއްލުމާއި ހަމަނުޖެހުން އުފެދުމަށް މެދުވެރިވާ ދޮގު މަޢުލޫމާތާއި އޮޅުވާލުންތަކާ ދެކޮޅަށް އޮތް ހަރުދަނާ ވަސީލަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގައި، އަޅުގަނޑުމެން މިނިވަން، މުސްތަޤިއްލު އަދި ޒިންމާދާރު މީޑިއާއެއް ކަށަވަރުކުރުމަށް ދެމިތިބުމުގައި ސާބިތުވެ ތިބެމެވެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނޫސްވެރިން، އެމީހުންގެ ހިތްވަރާއި ކެރުންތެރިކަމާއެކު ޞައްޙަ އަދި އިތުބާރުހުރި ރިޕޯޓުތައް ތައްޔާރުކުރުމުގައި ކުރާ މަސައްކަތަށް ތަޢުރީފުކުރައްވާކަމަށެވެ. އަދި އެ މަސައްކަތްތަކުން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށާއި، އިންސާފު ކުރިއެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ނޫސްވެރިންގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު