ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް 121 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެސްޑީއެފް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ފަންޑަށް 121 މިލިއަން ޑޮލަރު އިތުރުކޮށްފައިވާ ކަމަށާއި މި ފައިސާ ޖަމާކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭރުގެ ދަރަނި ދައްކަމުން، އެސްޑީއެފް ފަންޑަށް ވެސް ފައިސާ ޖަމާކުރަމުން، އަޅުގަނޑުމެންގެ ޚަރަދުތައް ކުރަމުން، މުޅި އިކޮނޮމީގެ މި ކަންކަން މެނޭޖްކުރަން މިދަނީ ހަމަ ޕްލޭން ވެގެން ތަރުތީބަކުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެސްޑީއެފް ފަންޑުގެ ފައިސާ އިންވެސްޓްކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ޓްރެޜަރީ ބިލްސް އަދި ފިކްސްޑް ޑިޕޮސިޓްސް ފަދަ އިންވެސްޓްމަންޓްތައް ހިމެނޭ ކަމަށާއި މިކަންކަން ކުރަމުންދަނީ ރޭވުންތެރިކަމާއެކު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެސްޑީއެފް ފަންޑަށް މިފަދަ ބޮޑު އަދަދެއްގެ ފައިސާ ޖަމާކުރެވުމަކީ ޤައުމުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަމުގެ ނިޝާނެއް ކަމަށް އިޤްތިޞާދީ މާހިރުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު