މުޒާހަރާ ކުރުމުގައި ރިވެތި އަހުލާގު ނުވަތަ "ޑީސެންސީ" އާއެކު ހިޔާލު ފާޅުކުރަމުން ދާނަމަ ފުލުހުން އެ މުޒާހަރާތައް ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގައި މިހާރު ކުރިއަށްދާ ޒުވާނުންގެ މުޒާހަރާތަކާއި ގުޅިގެން ގިނަ ސުވާލުތަކެއް ވަނީ ރައީސާއި އަމާޒުކޮށްފައެވެ.
ރައީސް ވިދާޅުވީ ޒުވާނުންގެ މުޒާހަރާ ރޫޅާލަން ޖެހުނީ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބުމުން ކަމަށެވެ. އެގޮތުން މުޒާހަރާތަކުގައި ހަޑިހުތުރު ބަހުން ވާހަކަ ދެއްކުން އިތުރުވެ، ބޭއަދަބީ މާހައުލެއް އުފެދިގެންދާތީ ފިހާރަތައް ހިންގާ މީހުންނާއި ގޭގޭގެ މީހުންގެ ފަރާތުން ގިނަ ޝަކުވާތަކެއް އައިސްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މުޒާހަރާތައް ރޫޅާލަން ޖެހުނީ މަގުމަތީގައި އަޑުގަދަކޮށް، މިއުޒިކު ކުޅެ، މަގުމައްޗަކީ ކުޅިވަރު ކުޅޭ ތަނަކަށް ބަދަލު ކޮށް. މަގުމަތީގެ ނިޒާމު ނަގާލަން މަސައްކަތް ކުރުމުން ކަމަށެވެ.
"އެހެންނެއްނޫން، ރީތި، ޑީސެންސީއާއެކީގަ ހިޔާލު ފާޅުކުރަމުންދިޔަ ނަމަ ހައްޔަރެއްވެސް ނުކުރާނެ، ނުވެސް ހުއްޓުވާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް އަމަލު ނުކޮށް، އަދަބުވެރިކަމާއެކު އެހެން މީހުންނަށް އުނދަގޫ ނުވާނޭހެން މުޒާހަރާ ކުރާ ނަމަ އެކަން ހުއްޓުވުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން، އެއްވެސް ސަބަބަކާހުރެ މުޒާހަރާތައް ރޫޅާލަން ޖެހޭ ހާލަތެއްގައި ފުލުހުން އުސޫލާ ހިލާފަށް އެކަން ކޮށްފައިވާނަމަ، އެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކުން ބަލަން ޖެހޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މާލޭގެ އިމާރާތަކުން 21 އަހަރުގެ އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން އިންސާފު ހޯދުމަށް ގޮވާލައި ޒުވާނުން މުޒާހަރާ ކުރަމުންދާތާ މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މި މުޒާހަރާތަކާ ގުޅިގެން ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުއްދަ ހޯދުމަކާއި ނުލައި މާލޭގައި މުޒާހަރާ ކުރެވޭ ސަރަހައްދުތައް ފިޔަވައި އެ ނޫން ސަރަހައްދުތަކުގައި ކުރާ މުޒާހަރާތައް ރޫޅާލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު