ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން މިއަދު ބާއްވަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާރިޚުގެ ތެރެއިން ޖާގަ ހޯއްދަވައިފިއެވެ.

މި ބައްދަލުވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް، 500 ދުވަހުގެ މެދުކެނޑުމަކަށްފަހު ބޭއްވެވި ބައްދަލުވުމެކެވެ. މިނޫސްވެރިންގެ ބައްދަލުވުމަކީ މިހާތަނަށް ރާއްޖޭގެ ރައީސަކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ކަން ފާހަގަކުރެވެއެވެ.

ރައީސް އޮފީހުގައި ހެނދުނު 10:00 ގައި ފެށި މި ބައްދަލުވުން، އަދިވެސް ކުރިއަށްދާއިރު މެދުކަނޑާލެއްވީ ނަމާދު ވަގުތުތަކަށް އެކަންޏެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒު، ސަރުކާރުގެ މަސައްކަތްތަކުގެ ތަފްޞީލު ހާމަކުރެއްވުމަށް ދެ ގަޑިއިރެއްހާ ވަގުތު ހޭދަކުރެއްވިއެވެ. ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން ނޫސްވެރިންގެ ހުރިހާ ސުވާލު ތަކަށް ޖަވާބު ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެފަހުން އަދިވެސް އެމަނިކުފާނު ގެންދަވަނީ ނޫސްވެރިންގެ ސުވާލުތަކަށްް ޖަވާބުދެއްވަމުންނެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައިވެސް މިފަދަ ދިގު ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަކީ ނާދިރު ކަމެކެވެ. ދުނިޔޭގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ކުރިއަށް ގެންދެވުނު ނޫސްވެރިންގެ ބައްދަލުވުމަކީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ 2019 ވަނަ އަހަރު ބޭއްވެވި 14 ގަޑިއިރުގެ ބައްދަލުވުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން