ރާއްޖޭގެ މާލީ ހާލަތު މިހާރު ރަނގަޅު ރާސްތާއަކަށް ގެނެވިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ މަނިޓަރީ ހާލަތު މިހާރު ވަނީ ރަނގަޅު މަގަކަށް އައިސްފައި ކަމަށެވެ. އެގޮތުން މާރޗް މަހުގެ ރިޒާވް ހުރި މިންވަރާއި، ރިޒާވްގެ ޓްރެންޑް ރަނގަޅު ދިމާލަކަށް ދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"މި އަހަރުގެ މިހާތަނަށް ލޯނު އަނބުރާ ދެއްކުމަށް 2.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާނެ. މީގެ ތެރޭގައި ކުރިން ނަގާފައި ހުރި ލޯނުތައް ދެއްކުމަށް 100 މިލިއަން ޑޮލަރުގެ ލޯނެއްވެސް ހިމެނޭ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފިސްކަލް ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި އަހަރުގެ ޖަނަވަރީ އެކަކުން އޭޕްރިލް 24 އާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ ޖުމްލައަކީ 12.4 ބިލިއަން ރުފިޔާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ ޚަރަދަކީ 10.5 ބިލިއަން ރުފިޔާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އޯވަރޯލް ބަޖެޓް ސަރޕްލަސްއަކީ 1.9 ބިލިއަން ރުފިޔާ. އަދި ޕްރައިމަރީ ބެލެންސްއަކީ 3.5 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި އަހަރު ނިމޭއިރު ދަރަނި 9.4 ބިލިއަނަށް ކުޑަކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ބޭރުގެ ދަރަނިތައް ދެއްކުމަށްޓަކައި، މި އަހަރުގެ މިހާތަނަށް މިވަރުގެ ޕްރައިމަރީ ބެލެންސެއް ބެހެއްޓުމަށް ޕްލޭންކޮށްގެން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ނިންމަވާލައްވަމުން ވިދާޅުވީ، ކުރަންޖެހޭ ޚަރަދުތައް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މީގެ ނަތީޖާ ފެންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު