ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދާދިނުމަށް ގޮވާލާ މާލޭގައި ބާއްވަމުންދިޔަ މުޒާހަރާއިން ހައްޔަރުކުރި ދެ ޒުވާނުން މިރޭ ދޫކޮށްލައިފިއެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ މ. ހަސްތީ، އައިޝަތު ޝިމަން އަހުމަދު، 19، އާއި ނ. ކުޑަފަރި، އަބްދުﷲ މަހްޒޫމް މާޖިދު، 28، އެވެ.

އެ ދެ މީހުން ފުލުހުންގެ ބަންދަށް ގެންދިޔުމަށްފަހު މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ގެންދިޔުމުން 3 ދުވަހަށް ބަންދުކުރުމަށް އިއްޔެ ވަނީ އަމުރު ކޮށްފައެވެ. ނަމަވެސް، މިރޭ އެ ދެމީހުންވެސް ފުލުހުން ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނެފައިވަނީ އޭގެ ދެ މީހުން ވެސް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުންކަމަށެވެ. އަދި އޭގެ ތެރެއިން މަހްޒޫމް ހައްޔަރުކުރި އެއް ސަބަބެއްގެ ގޮތުގައި، ފުލުހަކަށް ހަމަލާދޭން މަސައްކަތްކުރުން ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު