ދިގު އިސްތަށިގަނޑެއް
ދިގު އިސްތަށިގަނޑެއް
އިސްތަށިގަނޑަކީ އިންސާނާގެ ރީތިކަން ދައްކުވައިދޭ އެންމެ މުހިންމު އެއް ބައެވެ. ގިނަ މީހުން އިސްތަށިގަނޑު ދިގުކޮށް، ދުޅަހެޔޮކޮށް ބެހެއްޓުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެެވެ. މިކަމަށްޓަކައި ގިނަ މީހުން އެކި ބާވަތުގެ ބޭސްތަކާއި، ކްރީމްތަކާއި، އަދި ޝެމްޕޫތައް ގަނެ ބޭނުންކުރެއެވެ. ކަން މިހެން އޮތްނަމަވެސް ގިނަ މީހުންނަށް ނޭނގޭ ކަމަކީ އަޅުގަނޑުމެން ކާ ކާނާއިން ވެސް އިސްތަށިގަނޑު ދިގުކޮށް، ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. އެހެންކަމުން ތިރީގައި މި ހިމަނާލަނީ އިސްތަށިގަނޑު ދިގު ކުރަން ބޭނުންވާނަމަ ކާންވީ 2 ކެއުމުގެ ބާވަތެކެވެ.

ބިސް

ބިހަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އާއި ބައޮޓިން އެކުލެވޭ އެއްޗެކެވެ. ދެ މާއްދާއަކީވެސް އިސްތަށިގަނޑު ހެދުމަށާއި ދުޅަހެޔޮކަމަށް ވަރަށް މުހިންމު ދެ މާއްދާއެވެ. ޕްރޮޓީނަކީ އިސްތަށީގެ މައިގަނޑު ބައިކަމުގައިވާ ކެރެޓިންގެ މައި މާއްދާއެވެ. އަދި ބަޔޮޓިނަކީ އިސްތަށި ފަޅައިގެން ދިއުން ހުއްޓުވައި، އިސްތަށީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ވިޓަމިނެކެވެ. ބިސް ކެއުމުން އިސްތަށިގަނޑު ވަރުގަދަވެ، އާ އިސްތަށި ފެޅުމަށް މަގުފަހިވެއެވެ.

ބަދަން

ބަދަނަކީ އޭގައި ގިނަ އަދަދަކަށް ސެލީނިއަމް އާއި ވިޓަމިން އީ އެކުލެވޭ އެއްޗެކެވެ. ދެ މާއްދާއަކީ އިސްތަށީގެ ދުޅަހެޔޮކަމަށާއި، އިސްތަށި ދިގުވުމަށް ވަރަށް މުހިންމު ދެ މާއްދާއެވެ. ސެލީނިއަމްއަކީ އިސްތަށި ހެދުމަށް ބޭނުންވާ ޕްރޮޓީން އުފެއްދުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި ވިޓަމިން އީ އަކީ ހަމުގެ ލޭ ދައުރުވުން ރަނގަޅުކޮށްދޭ މާއްދާއެކެވެ. މި ބޭނުން ކުރާނަމަ ހަމުގެ ލޭ ދައުރުވުން ރަނގަޅުވެ، އިސްތަށީގެ ފޮލިކަލްތަކަށް ބޭނުންވާ ކާނާ ލިބި، އިސްތަށި ދިގުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން