ފުލުހުން ހައްުޔަރުކުރި ދެ މީހުން--
ފުލުހުން ހައްުޔަރުކުރި ދެ މީހުން--
ސައިކަލެއް ވަގަށް ނަގައިގެން ދުއްވި ކަމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށް / ގްލޯރީ، އަހުމަދު ވިސާން (30އ) އާއި ގދ. ގައްދޫ / ބުލާޝަމްއާގެ، މުހައްމަދު އަތީފް (48އ) އެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކުރީ ރޭ ފަތިހު ފުލުހުން ހުޅުމާލެ ފޭސް އެކެއް ޕެޓްރޯލު ކުރަމުން ދިޔައިރު، ފުލުހުން ފެނުމުން އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ.

ހުޅުމާލެ ދިއްގާމަގު، ބީޗް ކުލަބު ކައިރިން ސައިކަލެއްގައި ދަނިކޮށް އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ސައިކަލަކީ ވަގަށް ނަގައިގެން ދުއްވަމުން ދިޔަ ސައިކަލެއްކަން ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން