އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ކިޔު މައްސަލަ ހައްލުކުރުމަށްޓަކައި އިތުރު އޯޕީޑީ ކްލިނިކްތަކެއް ހުޅުވައި، އެހެނިހެން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ކިޔު މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. މިގޮތުން، އިތުރު އޯޕީޑީ ކްލިނިކްތަކެއް ހުޅުވުމަށް ނިންމާފައިވާ ކަމަށާއި، މިކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބަލިމީހުންނަށް ޚިދުމަތް ދެވޭ ގޮތަށް ބެލޭ ވަގުތު އިތުރުކުރެވޭ އިތުރު އޯޕީޑީ ކްލިނިކްތަކެއް ހަދަން މިހާރު ވަނީ ނިންމާފަ. މަޝްވަރާތައް އެބަ ހިނގާ. އެކަން އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އައިޖީއެމްއެޗްގައި ރަސްމީ އޯޕީޑީގެ ގަޑިތައް ނިމުމަށްފަހު ރޭގަނޑުގެ ވަގުތުތަކުގައި ސްޕެޝަލައިޒްޑް އޯޕީޑީތަކެއް ހިންގުމަށް މަޝްވަރާކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ޑޮކްޓަރުން އަމިއްލަ ކްލިނިކްތަކަށް ދިއުމުގެ ބަދަލުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރުމަށް ބާރުއެޅޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް ބޭރުގެ ޔުނިވަރސިޓީތަކަށް ފޮނުވުމާއި، ބޭރުގެ ޑޮކްޓަރުން ގެނައުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރުވެސް ގިނަ ދިވެހި ޑޮކްޓަރުން ތިބި ކަމަށާއި، އެ ޑޮކްޓަރުން އައިޖީއެމްއެޗަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ހާމަކުރެއްވިއެެވެ.
"ދިވެހި ޑޮކްޓަރުން އެބަ ތިބި ބައިވަރު. އެކި ދާއިރާތަކުން ކިޔަވައިފައި ތިބި. އެ މީހުން އައިޖީއެމްއެޗަށް ގެންނަން މި މަސައްކަތް މި ކުރަނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އައިޖީއެމްއެޗްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ގޮތް ހެދުމަށްވެސް މަޝްވަރާކުރަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު