އިސްލާމީ ޝަރީޢަތް ޤާއިމްކުރުމަށް ދެވަނަ ވިސްނުމަކަށް ނުދާނެ ކަމަށާއި، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަކީ އިސްލާމީ ވެރިކަމެއްގެ ޒިންމާއެއް ކަމަށާއި، އަދުލުވެރިކަން ޤާއިމުކުރުމަށްޓަކައި އެއީ މުހިންމު މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންނަމަވެސް، މަރުގެ އަދަބު ތަންފީޒުކުރުމުގައި އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ހުރިހާ މަރުހަލާއެއް ކަޑައްތުކޮށް ނިމިފައިވާ ފަރާތްތަކަށް، އަދި ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލަތަކުގައި ވެސް، އަނެއްކާވެސް މަރުގެ އަދަބު ބޭނުންވޭތޯ ނުވަތަ ވިކްޓިމްގެ އާއިލާއަށް އަދިވެސް އެއްފަހަރު ފުރުސަތު ދޭން ފެނޭތޯ ބަލާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އިތުރު ރިވިއު ޕްރޮސެސްއެއްގެ ދަށުން ސުޕްރީމް ކޯޓުން ވެސް އަދި އިތުރަށް މައްސަލަތައް ބަލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އެމަނިކުފާނު ސާފުކޮށް ވިދާޅުވީ އިސްލާމީ ޝަރީޢަތް ތަންފީޛުކުރުމުގައި ދެވަނަ ވިސްނުމަކަށް ނުދާނެ ކަމަށެވެ.
"މި ދައުރުގައި، މި ދެންނެވި ގޮތަށް ހުރިހާ މަރުޙަލާއެއް ނިމި، އަދި އެއްފަހަރު މިހާރު އިންފާޛުނުކުރެވި ހުރި މައްސަލަތައް ދެފަހަރު ރިވިއު ކުރުމަށްފަހު، 100 ޕަސެންޓް ޔަޤީންކަން އޮތް، އެއްވެސް ވަރެއްގެ ޝައްކެއް ނެތް، އަދި އެއްވެސް ބޭއިންސާފެއް ނެތްކަން ކަށަވަރުވާ މިންވަރަށް ބެލިފައިވާ މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒުކުރާނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު