މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވީ ރައީސް ޑރ. މުޢިއްޒު އިއްޔެ ބޭއްވެވި 14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމަށް ތަޢުރީފް ކުރަށްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އިއްޔެގެ ނޫސް ކޮންފަރެންސް ރައީސް ނިންމަވާލައްވާފައި ވަނީ ނޫސްވެރިންގެ ސުވާލުތައް ހުސްވެ، ނޫސްވެރިން ސުވާލުކުރުން އަމިއްލައަށް ހުއްޓަވާލެއްވުމުންނެވެ.

އެކަމާ ގުޅިގެން ޝަކީލް ވިދާޅުވީ ރައީސްގެ ތެދުވެރިކަމާއި، ކެތްތެރިކަމާއި، އިޚްލާސްތެރިކަމަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ތަޖުރިބާ ކުރެވިފައިވާ ކަމެއް ކަމަށެވެ.

“ނަމަވެސް މިއަދު 15 ގަޑިއިރުވަންދެން ނޫސްވެރިންނާ ބައްދަލުކޮށް ކެތްތެރިކަމާއެކު މުޅިދުނިޔެ ކުރިމަތީގައި ތިޔަ ދެއްކެވި ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ.” ޝަކީލް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު މި ސަރުކާރު ކުރިއަށް ދާނީ ރައީސް ޑރ. މުޢިއްޒުގެ ކެތްތެރިކަމާއި އިހުލާސްތެރިކަމުން ނަމޫނާ ނަގައިގެންކަން ޝަކީލް ފާހަގަ ކުރެއްވިއެވެ. އަދި ރައީސް އިއްޔެ ދެއްކެވި ރިވެތި އަހުލާގަށްޓަކައި ޝަކީލް ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ.

ޝަކީލް މިހެން ވިދާޅުވެފައިވާއިރު އިއްޔެ ރައީސް މުއިއްޒު ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވީ ހެނދުނު 10 ޖެހިއިރު އެވެ. އަދި ނަމާދަށާއި އެހެނިހެން ކަންކަމަށް ބްރޭކް ނެންގެވުމަށްފަހު އެމަނިކުފާނު އެ ބައްދަލުވުން ނިންމަވާލެއްވީ ދަންވަރު 12 ވެސް ޖެހިފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން