ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ދެއްކެވި ނަމޫނާ ކޮންމެ މަސްއޫލު މީހެއްގެ ކިބައިގައި ހުންނަންޖެހޭ ކަމަށް ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޢައްބާސް މިހެން ވިދާޅުވީ ރައީސް ޑރ. މުޢިއްޒު އިއްޔެ ދެއްވި ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމަށް އިޝާރާތް ކުރަށްވައި، ދަޢުލަތުގެ މީޑިއާގެ އެވޯޑް ޙަފްލާގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އައްބާސް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ސާފުކޮށްދެއްވައި، އޮޅުއްފިލުއްވައިދެއްވުމަށް، ރައީސުލްޖުލްހޫރިއްޔާ އިއްޔެ ކުރެއްވެވި މަސައްކަތްޕުޅަކީ ކޮންމެ މަސްޢޫލުވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ނަމޫނާ ސިފައެއް ކަމަށެވެ. ހަމައެއާއެކު އިއްޔެ ރައީސް ކުރެއްވީ އެންމެންވެސް އެކަމަކުން ނަމޫނާ ލިބިގަނެ، ތަބާންޖެހޭފަދަ މަސައްކަތްޕުޅެއްކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
“އެމަނިކުފާނު ދެއްކެއްވި ނަމޫނާއަކީ އެކަމަށް ތަބާވާންޖެހޭ ކަމެއް. ޚަބަރާ، ކަންކަން ހިނގަމުންދާގޮތް ސާފުކޮށް އޮޅުންފިލުވައިދިނުމުގައި ކޮންމެ މަސްޢޫލުމީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް. އެކަން ހާމަކޮށްދެއްވަމުން އެގެންދެވީ.” އައްބާސް ވިދާޅުވިއެވެ.
ހަމައެއާއެކު އައްބާސް ވަނީ ދިވެހިންގެ ރީތި ސަޤާފަތާއި އާދަކާދަތައް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމުގައި ނޫސްވެރިންގެ ދަޢުރުގެ މައްޗަށްވެސް އަލިއަޅުވާ ލައްވާފައެވެ.
ރައީސް މުޢިއްޒު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ފަދަ ނޫސްވެރިކަމުގެ ފަންނުގެ ތަޖުރިބާކާރަކު ތަޢުރީފް ކުރަށްވާފައިވާއިރު އެ ނޫސްވެރިންގެ ބައްދަލުވުން 14 ގަޑިއިރަށް ދިގު ދެމިގެން ގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު