ވެރިކަންކުރާ ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަޙީމާއި، އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް (ވ)
ވެރިކަންކުރާ ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަޙީމާއި، އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް (ވ)
ސަރުކާރު ހިންގާ ޕީއެންސީގެ ކޯލިޝަނުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ވަކިވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރާ އެކީގައި މިހާރު އޮތީ ވެރިކަންކުރާ ޕާޓީ، ޕީއެންސީ އެކަނިކަން ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވީ އެމްޑީއޭއިން ކޯލިޝަނާ ވަކިވީ އުފެދުނު ބައެއް ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް ބޮޑު މައްސަލައެއް ޖެހިފައި ނުވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

“ހިޔާލު ތަފާތުވުންތަކާއި މައްސަލަ، މައްސަލައެއް ނޫން. ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތައް ބައެއް ކަންކަމުގައި، ބައެއް މައްސަލަތަކުގައި އެގޮތަށް ދިމާވި.” ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީ ސަރުކާރުގައި ރައީސް ޞާލިހަށް ތާއީދުކޮށް އެމްޑީއޭއިން މަސައްކަތް ކުރި ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީއޭއިން ވަނީ ރައީސް ޑރ. މުޢިއްޒަށް ތާޢީދު ކޮށްފައެވެ.

ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރާކަމަށް ބުނެ އެމްޑީއޭއިން ވަނީ ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަނުން ވަކިވާން ޖެހިދާނެކަމުގެ އިންޒާރު މިިދިޔަ ފެބްރުއަރީ މަހު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން