ސަރުކާރުން ކުރިއަށް ގެންދާ ހައުސިން މަޝްރޫޢު ތަކާއި ގުޅޭ ކަންބޮޑުވުމެއް ނެތް ކަމަށާއި ހުރިހާ މަޝްރޫޢެއް މަޑުޖެހުމެއް ނެތި ކުރިއަށްދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި 15 ގަޑިއިރަށް ދެމިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރަސް އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ އަހަރު އިޤްތިޞާދީ އަދި ބަޖެޓުގެ ހާލަތު ހުރި ގޮތުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ޢަމަލީ ގޮތުން ފެންނަން ފަށާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޖުލައި ނުވަތަ އޯގަސްޓު މަހުގެ ތެރޭގައި 5 ޕަސެންޓް އިންޓަރެސްޓް ރޭޓުގައި އިސްލާމިކް ފައިނޭންސް ލޯނު ސްކީމެއް ތަޢާރަފުކުރާނެ ކަމަށެވެ. މި ސްކީމުގެ ދަށުން މި އަހަރަށް ކަނޑައަޅާފައިވާ 1 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކުރިއަށް ގެންދާނެ ކަމަށާއި، އިއްޔެ އެމަނިކުފާނު ހާމަކުރެއްވި ޗާޓުގައި ފާހަގަކޮށްފައިވާ މަޝްރޫޢުތަކަކީ ޓެންޑަރިންގ މަރުޙަލާގައިވާ، އެއްވެސް ކަހަލަ މަޑުޖެހުމެއް ނެތި ކުރިއަށްދާނެ މަޝްރޫޢުތަކެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ސަޢޫދީ ފަންޑުގެ އެހީގައި ކުރިއަށްގެންދާ 1500 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ މަސައްކަތްތައް ވެސް ފެށިފައިވާ ކަމަށެވެ. މި މަޝްރޫޢުތަކާ ގުޅޭގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިނަމާލެ ފުލެޓުތައް ހިމެނޭގޮތަށް މާލެ ސަރަހައްދުގައި ޖުމްލަ 5960 ފުލެޓު އެމަނިކުފާނުގެ މިދައުރުގެ ތެރޭގައި އަޅުއްވާނެ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދާއިރާއިން މުޅި ރާއްޖޭގައި 37 މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު