ދ. ވާނީގައި ތަމްރީނު ހަދަމުން ދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ވާނީގައި ތަމްރީނު ހަދަމުން ދިޔަ ރެކްރޫޓެއްގެ ހާލު ދެރަވެގެން މިއަދު ފަތިހު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

އަދި އޭނާގެ ހާލު ދެރަވެގެން ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް، މިއަދު މެންދުރު އެއާލިފްޓްކޮށް އައިޖީއެމްއެޗަށް ގެންދެވުނު ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ އޭނާއަށް ފަރުވާ ދެމުން ދިޔަ ނަމަވެސް ހާލު ވަރަށް ކްރިޓިކަލް ކަމަށެވެ.

ތަމްރީނު ހަދަމުން ދިޔަ ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާ ދެމުން އަންނައިރު، މިހާދިސާ ހިނގަން މެދުވެެރިވި ސަބަބެއް ސާފެއް ނުވެއެވެ.

އަދި މިކަމާބެހޭ އިތުރު ތަފްސީލްވެސް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން