މިނިސްޓަރ އިބްރާހިމް ވަޙީދު “ޓޫ އޮފް އަޒް” ގެ މެންބަރުންނާ ބައްދަލު ކޮށްލެއްވުން
މިނިސްޓަރ އިބްރާހިމް ވަޙީދު “ޓޫ އޮފް އަޒް” ގެ މެންބަރުންނާ ބައްދަލު ކޮށްލެއްވުން
އިންޑިއާގައި ބޭއްވި "ބެޓަލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް" މުބާރާތުން ތިންވަނަ ހޯދި ދިވެހި ބޭންޑް "ޓޫ އޮފް އަޒް"ގެ މެމްބަރުންނާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ބައްދަލުކުރައްވައި، މަރުހަބާ ދަންނަވައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ އިންޑިއާގެ މުމްބާއީގައި ކުރިއަށްދިޔަ ބައިނަލްއަޤުވާމީ މިއުޒިކް މުބާރާތުގައި ދިވެހި ބޭންޑު "ޓޫ އޮފް އަޒް" އަށް ލިބުނު ކާމިޔާބީއަށް ވަރަށް ފަހުރުވެރިވާ ކަމަށް އެބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ކަމަށެވެ.

އޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި އެންމެ ހުނަރުވެރި ބޭންޑުތަކާއި ވާދަކޮށް ޓޫއޮފް އަޒް އިން ހޯދި ކާމިޔާބީއަށް ވަޒީރު ވަނީ ތަޢުރީފް ކުރަށްވާފައެވެ.



"ބެޓަލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް"އަކީ އިންޑިއާގެ ދައުލަތުގެ މީޑިއާ ދޫރްދަރްޝަން އިން ގެނެސްދިން ރިއަލިޓީ ޝޯއެކެވެ. އެ ޝޯގައި ރާއްޖޭގެ އިތުރުން ވަރަށް ގިނަ ގައުމުތަކުގެ ބޭންޑުތަކުން ބައިވެރިވި އެވެ.

މި މުބާރާތުގައި ވާދަކުރި "ޓޫ އޮފް އަޒް" ބޭންޑުގައި ހިމެނެނީ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު އާއި އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން