މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު (އެމްއައިއެފްސީ) އަކީ މާލީ ދާއިރާގެ ހަބަކަށް ރާއްޖެ ހެދުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވިލާ ގްރޫޕްގެ ޗެއަރމަން ޤާސިމް މިހެން ވިދާޅުވީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު، ގާއިމްކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ރޭ ސޮއިކުރުމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރުގެ މަޤާމުގައިވެސް ހުންނެވި ޤާސިމް އިބްރާހިމް ވިދާޅުވީ އެމްއައިއެފްސީ ޤާއިމްކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ ވަރަށް އުންމިދީ މަޝްރޫޢުއެއް ކަމަށެވެ. އަދި މިފަދަ ފިޔަވަޅެއް އެޅުއްވި ކަމަށްޓަކައި ޤާސިމް ވަނީ ރައީސް މުޢިއްޒަށް ތަޢުރީފް ކުރަށްވާފައެވެ.
ހަމައެއާއެކު ޤާސިމް ވިދާޅުވީ މިއީ ދުނިޔޭގެ މާލީ ދާއިރާގެ ހަބަކަށް ރާއްޖެ ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެކެލައްވާ ކަމަށެވެ. އަދި ތަފާތު އީޖާދުތަކާއި އަދި ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށާއި ޒުވާނުންނަށް ފަހިކޮށްދިނުމަށް އެމްއައިއެފްސީގެ ބޭނުންތެރިކަން މުހިންމުކަމަށް ޤާސިމް ވިދާޅުވިއެވެ.
އަދިހަމައެހެންމެ މިއީ ރާއްޖެއަށް މާލީ އަދި އިޤްތިޞާދީ ދާއިރާއިންވެސް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ޤާސިމް އިބްރާހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މި މަސައްކަތަށް ސިޔާސީ ލީޑަރުންނާއި ވިޔަފާރިވެރިންވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.
ޤާސިމް މިހެން ވިދާޅުވެފައިވާއިރު ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު، ގާއިމްކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ޜޭ ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ މާލީ މަރުކަޒަށް އިންވެސްޓް ކުރާނެކަމުގެ ޔަޤީންކަން ދެއްވާ 11 ފަރާތަކުން ދިވެހި ސަރުކާރާއި ވަނީ “ކޮމިޓްމެންޓް ލެޓާސް” ހަވާލުކޮށްފައެވެ. މި ސިޓީތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.

Congratulations to President Dr. Mohamed Muizzu @MMuizzu on the visionary launch of the Maldives International Financial Centre (MIFC).
— Qasim Ibrahim (@qasimibrahim) May 5, 2025
This is a much-needed and transformative step toward diversifying our economy and positioning the Maldives as a global financial hub. For a… pic.twitter.com/Rn3NHd3OEN
ޤާސިމް މިހެން ވިދާޅުވެފައިވާއިރު ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނެންޝަލްސް ސެންޓަރު، ގާއިމްކުރަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ޜޭ ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ މާލީ މަރުކަޒަށް އިންވެސްޓް ކުރާނެކަމުގެ ޔަޤީންކަން ދެއްވާ 11 ފަރާތަކުން ދިވެހި ސަރުކާރާއި ވަނީ “ކޮމިޓްމެންޓް ލެޓާސް” ހަވާލުކޮށްފައެވެ. މި ސިޓީތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.
ކިޔުންތެރިންގެ ހިޔާލު