ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުލިބުނު އިންސާފެއް، އެއްވެސް ދިވެހި ރައްޔިތަކަށް ލިބޭނޭ ކަމަށް ބެލުމީ އަވާމެންދުރެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ވެރިކަމެއްގައި އެންމެ ގިނަ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމުގެ ރިކޯޑް އޮތް އެމްޑީޕީގެ ރައީސް، ޝާހިދު މިހެން ވިދާޅުވީ ސަސްޕެންޑުގައި ތިބި ފަނޑިޔާރު އަޒްމަރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު ޢަލީ ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވުމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ޝާހިދު ވިދާޅުވީ އަޒްމިރަލްދާ އާއި މަހާޒު ވަކި ކުރަން ނިންމީ ސަރުކާރުގެ ސީދާ ނުފޫޒާ ބޭއިންސާފުގައި، ޤާނޫނު އަސާސީއާ ޚިލާފަށް، ޤާނޫނީ އެންމެހައި އިޖުރާޢަތްތަކާ ޚިލާފަށް ކަމަށެވެ. އަދި މި އަނިޔާވެރި "ޖަރީމާ" ކުއްވެރިކުރާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލާ ކަމަށް ބުނެ ސަސްޕެންޑު ކޮށްފައިވަނީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނަށް ގެނައި އިސްލާހުތައް ބާތިލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމާ އެކުގައެވެ.
އެގޮތުން ސުލޫކީ މައްސަލަތަކެއް ބަލަމުންދާކަމަށް ބުނެ ސަސްޕެންޑްކުރީ ޑރ. އަޒްމިރަލްދާ ޒާހިރުއާއި މަހާޒް އަލީ ޒާހިރު އަދި ހުސްނުއް ސުއޫދު އެވެ.
އޭގެ ތެރެއިން ހުސްނުއް ސުއޫދު ފަހުން އިސްތިއުފާ ދެއްވި އިރު އަޒްމިރަލްދާ އަދި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމައި މިހާރު އޮތީ މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުލިބުނު އިންސާފެއް، އެއްވެސް ދިވެހި ރައްޔިތަކަށް ލިބޭނޭ ކަމަށް ބެލުމީ އަވާމެންދުރެއް! ސަރުކާރުގެ ސީދާ ނުފޫޒާ ބޭއިންސާފުގައި ފަނޑިޔާރު އަޒްމަރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު ޢަލީ ސީދާ ޤާނޫނު އަސާސީއާ ޚިލާފަށް، ޤާނޫނީ އެންމެހައި…
— Abdulla Shahid (@abdulla_shahid) May 5, 2025
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލާ ކަމަށް ބުނެ ސަސްޕެންޑު ކޮށްފައިވަނީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނަށް ގެނައި އިސްލާހުތައް ބާތިލުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމާ އެކުގައެވެ.
އެގޮތުން ސުލޫކީ މައްސަލަތަކެއް ބަލަމުންދާކަމަށް ބުނެ ސަސްޕެންޑްކުރީ ޑރ. އަޒްމިރަލްދާ ޒާހިރުއާއި މަހާޒް އަލީ ޒާހިރު އަދި ހުސްނުއް ސުއޫދު އެވެ.
އޭގެ ތެރެއިން ހުސްނުއް ސުއޫދު ފަހުން އިސްތިއުފާ ދެއްވި އިރު އަޒްމިރަލްދާ އަދި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމައި މިހާރު އޮތީ މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު