ސްކޫލުތަކުގެ ދަރިވަރުންނަށް ސަރުކާރުން ހިލޭ ދެމުންގެންދާ ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ، ކޮމިއުނިޓީ ލެވެލްގައި އެހާ ބޭނުންތެރި ޕްރޮގްރާމެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސްކޫލްތަކުގެ ދަރިވަރުންގެ ހެނދުނު ނާސްތާ ޕްރޮގްރާމާ ބެޙޭގޮތުން މަޖިލިސް މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ނާސްތާ ޕްރޮގްރާމަކީ އެމްޑީޕީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި މިހާރުވެސް 200 އަށްވުރެ ގިނަ ކުދިންނަށް ނާސްތާ ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމް ފެށިއިރު ނާސްތާ ދެނީ ސްކޫލްތަކުގެ ހުރިހާ ކުދިންނަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ އުސޫލު ބަދަލުކޮށް ނާސްތާ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ކުދިންނަށް އެކަނި ނާސްތާ ފޯރުކޮށްދެމުންދާކަމަށް މިިނިސްޓަރ ވިދާޅުވިއެވެ.

މީގެ ކުރިން މުޅި ރައްޖޭގައި 80،000 ދަރިވަރުން ތިބޭއިރު، އަންދާޒީކޮށް ހެނދުނުގެ ސެޝަންގައި ގާތްގަނޑަކަށް 60،000 ދަރިވަރުން ސްކޫލްތަކަށް ހާޒިރުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭރު 60،000 ދަރިވަރުންނަށް ދޭން ނިންމި ނާސްތާ ޕްރޮގްރާމް މިހާރު ދޭކުދިންގެ އަދަދު ހާހަކަށްވެސް ނާރާ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން