17 އަހަރުގެ ކުޑަކުއްޖަަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ، ނ،،ރ،ބ އަދި ޅ ހިމެނޭ ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ތިބި ބަޔަކު އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައަކީ މި އަހަރުގެ ޖެނުއަރީ 20 ގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ. އަދި ބުނެފައިވަނީ ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން މި މައްސަލަ ބަލަމުންދާކަމަށެވެ.
ނަމަވެސް، މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ ޒާތީ މައުލޫމާތު ސިއްރު ކުރުމުގެ ބޭނުމުގައި، އެއީ ކޮން ރަށެއްގެ ކުއްޖެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ ކުއްޖާއަށް ޖިންސީގޯނާކުރި މައްސަލާގައި ތުހުމަތު ކުރެވެނީ ކޮންބައެއްކަން ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު