ފުލުހުންގެ ހޯމިސައިޑް އިންވެސްޓިގޭޝަން ނުވަތަ މަރުތަކުގެ މައްސަލަ ބެލުމަށް އޮންނަ ޔުނިޓްގެ ވެރިޔާ، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން ވަކިކޮށް އެހެން މަގާމަކަށް މިއަދު ބަދަލުކޮށްފިއެވެ.
މަރުތަކުގެ މައްސަލަތައް ބެލުމަށް އޮންނަ ޔުނިޓުގެ ވެރިޔާގެ މަގާމުން ސާމިހު ވަކިކޮށްފައި މިވަނީ، މި ފަހުން ހިނގާފައިވާ ގޮތް ނޭނގޭ މަރުތަކުގެ މައްސަލާގައި ފުލުހުންގެ އިހުމާލުތަކެއް ހުރިކަމަށް ބުނެ ފުލުހުންނަށް ގިނަ ބަޔަކު ތުހުމަތުތަކެއް ކުރަމުން ދަނިކޮށެވެ.
އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި އިސްކޮށް ހުންނަވަނީ ސާމިހުކަމަށްވާތީ އޭނާ އެ މަގާމުން ވަކިކުރަން މިހާރު ބާއްވަމުންދާ ޒުވާނުންގެ މުޒާހަރާގައާއި، މާލޭގެ ގެއެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުގެ އާއިލާއިން ވެސް ވަނީ ގޮވާލާފައެވެ.
ޔުމްނުގެ މައްސަލާގައި ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މައުލޫމާތު ދެއްވަން އިންނެވީ ސާމިހުއެވެ.
އެނގިފައިވާ ގޮތުގައި ސާމިހު ބަދަލުކޮށްފައިވަނީ ފުލުހުން ކުރާ ތަހުގީގުތަކުގެ ފެންވަރުބަލަން އޮންނަ ޑިޕާޓްމަންޓަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު