ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން
ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން
ދިވެހިރާއްޖޭން އަވައްޓެރި ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތައް ހާމަނުކުރަނީ ކޮންފިޑެންޝިއަލިޓީ ކްލޯޒްތަކެއް ހުރުމުން ކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ދިފާޢީ ވަޒީރު ޣައްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު މިއަދު ރައްޔިތުންގެ މަޖިލިހުގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ވަޒީރު ޣައްސާން ވިދާޅުވީ އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރެވެން ނެތީ، އެއްބަސްވުންތައް އެކުލަވާލިއިރު ހިމަނާފައިވާ ކޮންފިޑެންޝިއަލިޓީ ކްލޯޒް ތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ދެގައުމުގެ ދޭތެރޭގައި އޮތް ގާތްގުޅުމުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤުލާލަށް އެއްވެސް ގެއްލުމެއް ނުވާގޮތަށް އެއްބަސްވުންތައް ބަދަލުކުރުމުގެ މަސައްކަތްތައް ކުރެވި، އަދިވެސް ކުރެވެމުން ދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު ވަޒީރު ޣައްސާން މިއަދު ވިދާޅުވީ، 1965 ވަނަ އަހަރު ރާއްޖެ މިނިވަންވީ ފަހުން އިންޑިޔާއާއެކު އެތައް ސަތޭކަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެތެރޭގައި ދިފާޢީ ވުޒާރާ ޒިންމާވާ ގޮތަށް އޮތީ 4 އެއްބަސްވުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޣައްސާން މިހެން ވިދާޅުވެފައިވާއިރު ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވިދާޅުވީ އެއްބަސްވުންތައް ހާމަ ނުކުރެވެނީ ކުރީސަރުކާރުން އަމަލު ކޮށްފައިވާ ގޮތުން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވައުދުވީ ގޮތަށް އެއްބަސްވުން ހާމަކުރެވޭތޯ އެއެއްބަސްވުން ހަދާފައިވާ ޤައުމުތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން