ޣައްޒާގެ ނިކަމެތި ރައްޔިތުން ބަނޑަށް ޖައްސާނަމަ ނިރުބަވެރި އިސްރާއީލާ މަޝްވަރާކުރުމުގެ މާނައެއް ނެތް ކަމަށް ހަމާސް އިން ބުނެފިއެވެ.
މިއަދު ހަމާސް އިން ބުނީ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި ނަމަވެސް އިސްރާއީލުން އަދިވެސް ދަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި މަކަރުވެރި ރޭވުންތައް ރާވަމުން ކަމަށެވެ.
ހަމާސްއިން މިފަދައިން ބުނެފައިވާއިރު ޣައްޒާގައި ހަނގުރާމަ ފުޅާ ކުރުމަށް އިޒްރޭލުން ވަނީ ނިންމާފައެވެ. ފްރާންސާއި ޗައިނާއިން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
ހަމާސްގެ ހެލްތު މިނިސްޓަރު ބާސިމް ނައީން ވިދާޅުވީ ޣައްޒާ ރައްޔިތުން ބަނޑަށް ޖެއްސުމުގެ ސިޔާސަތު ކުރިއަށް ގެންދާއިރު އެންމެ ރަނގަޅު ވާނީ ހަތިޔާރު އަޅައިގެން އިސްރާއީލާ ދެކޮޅަށް ނިކުތުން ކަމަށެވެ.
އިސްރާއީލުގެ ކެބިނެޓުން ޣައްޒާ އެއްކޮށް ހިފުމަށް ނިންމުމާ ގުޅިގެން އެކަމަށް އެ ގައުމުގެ ވަޒީރުން ވަނީ މަރުހަބާ ކިޔާފައެވެ. އެގޮތުން އިސްރާއީލުގެ މާލީ ވަޒީރު ޒަޔަނިސްޓު ބެލާޒިލް ސްމޮރިޗު ބުނެފައި ވަނީ އިސްރާއީލުން ޣައްޒާ ހިފުމަށްފަހު ޣައްޒާގެ އާބާދީތައް ބައިތިއްބާނީ ބަންދުކޮށްފައިވާ ތަންތަންކޮޅުގައި ތޮއް ޖައްސާފައި ކަމަށެވެ. އަދި އެމީހުންނަށް އެހެން ތަންތަނަށް ނުދެވޭ ގޮތަށް އެތަންތަން ވަށާލައިގެން އިސްރާއީލު މީހުން ތިބޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
ބަސިމް ނައީމް ވިދާޅުވީ އިސްރާއީލުގެ ނާޒީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހިންގަމުން ގެންދަނީ ބަނޑަށް ޖެއްސުމާއި ބޯފެނާއި ބޭސްފަރުވާއިން މަހުރޫމު ކުރުމުގެ ޖަރީމާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު