އިންޑިއާގެ ފައިޓާ ޖެޓެއް
އިންޑިއާގެ ފައިޓާ ޖެޓެއް
ޕާކިސްތާނުން އިންޑިއާގެ ފަސް ފައިޓާ ޖެޓް ވައްޓާލައި އިންޑިއާގެ ހަނގުރާމަވެރި ސިފައިންތަކެއް އަސީރުކޮށްފި އެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު ބޯޑަރު ސަރަހައްދުގައި ބަޑީގެ ހަމަލާތައް ދެމުންދާއިރު އިންޑިއާއިން ވައިގެ މަގުން ހަމަލާތައް ދޭން ފެށީ މިއަދު ހެނދުނު އެވެ.

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވީ ޕާކިސްތާނުން ވައްޓާލީ އިންޑިއާގެ ފަސް ރަފޭލް ފައިޓާ ޖެޓު ކަމަށެވެ.

އަދި ބައެއް ފައިޓާ ޖެޓުތަކުގައި ތިބި އިންޑިއާގެ އެއާ ފޯސް ސިފައިންގެ މީހުން ހައްޔަރުކުރި ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާކިސްތާނުން ރައްދުގައި އިންޑިއާގެ ބްރިގޭޑިއާ ހެޑްކުއާޓަރެއްވެސް ހަލާކުކޮށްލި ކަމަށެވެ.

އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިން ތަންތަނުގެ ތެރޭގައި މުޒައްފަރު އާބާދުއާއި ބަހާވަލްޕޫރު ހިމެނެ އެވެ.

މިހަމަލާ ތަކުގެ ސަބަބުން މުޒައްފަރު އާބާދުން މިހާރު އެއްކޮށް ކަރަންޓުވެސް ވަނީ ކެނޑިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން