މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިވަގުތު މާލޭގެ ދެ ސަރަހައްދެއްގައި ފެން ޕަންޕް ބަހައްޓައިގެން ފެން ހިންދަން ފަށައިފައިވާ ކަމަށެވެ.
މާލެއަށް ބޯކޮށް ވިއްސާރަ ވެހެން ފެށީ މިއަދު ހެނދުނު އެވެ. އެއާއެކު އާދައިގެ މަތިން މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުން މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ އެވެ.
މޫސުން ގޯސްވާން ދިމާވީ މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނުގެ އަތޮޅުތަކަށް އަރަމުންދާތީ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު