ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއް
ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއް
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށް، އެ ކޮމިޓީއަށް ބަދަލު ގެނައުމަށް ޕީއެންސީން ނިންމައި އެކަން މަޖިލީހުގެ ތަޅުމުގައި ހާމަކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ކޮމިޓީއަށް ގެނައި ބަދަލު އިއުލާނުކޮށްފައެވެ. އެއީ ޖުޑިޝަރީ ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއިލް ނިޒާރު އެ ކޮމިޓީން ވަކިކޮށް، އޭނާގެ ބަދަލުގައި އެ ކޮމިޓީއަށް ކޮލަމާފުށީ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ދީދީ އައްޔަނުކުރެއްވުމެވެ.

އެ ކޮމިޓީގައި 11 މެންބަރުން ހިމެނޭއިރު، އޭގެ ތެރެއިން ނުވަ މެންބަރުންނަކީ ޕީއެންސީގެ މެންބަރުންނެވެ.

ޖުޑިޝަރީ ކޮމިޓީއަށް ބަދަލު ގެނައުމަށް ޕީއެންސީން ނިންމާފައިވާއިރު، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ ހޯމަ ދުވަހުއެވެ. އެ މައްސަލައިގައި އިއްޔެ ބާއްވަން ނިންމި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ދެ ފަހަރަށް ތާވަލުކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ކޮމިޓީ ބައްދަލުވުން ކެންސަލް ކޮށްފައިވަނީ، ޖޭއެސްސީން މައްސަލައާ ގުޅޭ ބައެއް ލިޔެކިޔުންތައް ނުލިބިގެންނެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން