މާލޭގައި ޒުވާނުން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާ މޮނިޓަރކުރަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އިން ބުނެފިއެވެ.
މި މުޒާހަރާތަކަކީ ހެންވޭރު ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ފުރާޅު މައްޗަށް ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ މުޒާހަރާތަކެކެވެ.
އެޗްއާރްސީއެމުން ބުނީ މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގައި ކުރިއަށްދާ މުޒާހަރާތައް މޮނިޓަރކުރުމުގައި އެ ކޮމިޝަންގެ މުވައްޒަފުން މުޒާހަރާގެ އޮން-ސައިޓް މޮނިޓަރިންގެ އިތުރަށް މީޑިއާ މޮނިޓަރިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަސައްކަތަކީ މުޒާހަރާތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކޮމިޝަންގެ މެންޑޭޓްގެ ދަށުން ކުރާ މަސައްކަތެއް ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ އޯވަރސައިޓް މެންޑޭޓްގެ ދަށުން، މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކުރަމުންދާ ގޮތްވެސް ކޮމިޝަނުން ބަލަމުންދާކަމަށެވެ. އަދި މި މަސައްކަތްތައްކުރުމުގައި، ކޮމިޝަނަކީ ތައައްސުބުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭ ކަމަށާއި އެފަދައިން އާންމުންނާއި އެންމެހާ ސްޓޭކްހޯލްޑަރުންނަށް ވެސް އެނގި ހާމަވާންޖެހޭ ކަމަށް ބުނެފައިވެއެވެ.
"ދުނިޔޭގެ ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަންތަކުން (އެންއެޗްއާރްއައި) އަމަލުކުރާ އުސޫލުތަކުގެ ދަށުން، މިފަދަ މުއައްސަސާތަކުގެ މުވައްޒަފުން މަސްލަހަތު ފުށުއަރާނެ ފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވެ ތިބެންޖެހޭ. ހަމައެފަދައިން، އެޗްއާރުސީއެމްގެ މުވައްޒަފުންނަށް ވެސް މަސްލަހަތު ފުށުއަރާނެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވުމަށް އިރުޝާދު ދެވިފައިވާނެ. އެއީ އަމިއްލަ ހައިސިއްޔަތުން މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން، ކޮމިޝަނުގެ މަސައްކަތުގެ ސައްހަކަމަށް އަސަރުކޮށްފާނެތީ." އެޗްއާރްސީއެމްއިން ބުންޏެވެ.
އެޗްއާރްސީއެމުން ބުނީ އެ ފިޔަވަޅަކީ ކޮމިޝަންގެ ދައުރުގެ ސުލޫކު ހިފެހެއްޓުމަށާއި، ކޮމިޝަންގެ އެންމެހާ މަސައްކަތްތައް ތަޢައްސުބުން އެއްކިބާވެ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހުރިކަން ޔަގީންކުރުމަށް އެޅޭ ފިޔަވަޅެއްް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު