މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކުރި 4000 އަށްވުރެ ގިނަ ގަސް ހިފަހައްޓާފައިވާ ކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.
އެގްރިކަލްޗަރ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން 3.86 މިލިއަން ގަސް ވަނީ އެތެރެކޮށްފައެވެ. އަދި ގަވާއިދާ ހިލާފަށް އެތެރެކުރި ޝިޕްމަންޓުތަކުގައި ހުރި 4،408 ގަސް ވަނީ ނައްތާލާފައެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ގަސްގަހާއިގެއްސާއި ގަހުގެ ބައިތަކުގެ 405 ޝިޕްމެންޓް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ 3،869،648 ގަސްގަހާއިގެއްސާއި ގަހުގެ ބައިތަކެވެ.
އެ ތަކެތީގެ ތެރެއިން ގަސްގަހާއިގެހި ރާއްޖެ އެތެރެކުރުމަށް އޮންނަ ގަވާއިދުތަކާ ހިލާފަށް 37 ޝިޕްމެންޓެއް ވަނީ އެތެރެކޮށްފައެވެ. އެއީ 4،732 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ. ތަކެތި ނައްތާލުމުގެ އުސޫލުގެ ތެރެއިން 35 ޝިޕްމެންޓުގެ ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް ނައްތާލެވިފައިވާ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ފާހަގަކުރިއެވެ. އެއީ 4،408 ގަސްގަހާއިގެއްސާއި ގަހުގެ ބައިތަކެވެ.
އެގްރިކަލްޗަރ މިނިސްޓްރީން ބުނި ގޮތުގައި އެގޮތަށް ގަވާއިދާ ހިލާފަށް އެތެރެކުރި ޝިޕްމެންޓުތަކުގެ ތެރެއިން ދެ ޝިޕްމެންޓެއްގެ ލިޔެކިޔުންތައް ހަމަކޮށްފަައިވާ ކަމުގައެވެ. އެއީ 324 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ.
ރާއްޖެއަށް ވިޔަފާރީގެ ބޭނުމަށް އެކި ގައުމުތަކުން މާގަހާއި އެކި ކަހަލަ މޭވާ އަޅާ ގަސްތައް އަބަދުވެސް އެތެރެކުރެއެވެ. އެކަމަކު ގަސް ފަދަ ތަކެތި އެތެރެކުރުމަށް ހާއްސަ ހުއްދަތަކެއް ނަގަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު