ފުލުހުންގެ ޓްރެއިނިންގ ގެ ތެރެއިން، ފޮޓޯ: ފުލުހުން
ފުލުހުންގެ ޓްރެއިނިންގ ގެ ތެރެއިން، ފޮޓޯ: ފުލުހުން
ދ. ވާދޫގައި ފުލުސް ޓްރެއިނިން ހަދަމުންދަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުންދިޔަ މީހާ ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ އުމުރުން 34 އަހަރުގެ ޕޮލިސް ކޮންސްޓަބްލް ހުސައިން ގާއިސް އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.

މީގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހުސައިން ގާއިސްގެ ހަރަކާތް ހުއްޓިފައި އޮތްކަން ފާހަގަވީ ފަތިހު އޭނާ ނުތެދުވެގެން ބެލި އިރު ކަމަށެވެ. ރޭ ނިދަން ދިޔައިރު ވެސް އޭނާގެ ފަރާތުން ސިއްހީ އާދަޔާ ހިލާފު ކަމެއް ފާހަގަނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ ހާލު ދެރަވުމުން ފުރަތަމަ ގެންދިޔައީ ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލެވެ. އަދި އިތުރު ފަރުވާ ދިނުމަށް އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެނެވުނެވެ.

އޭނާ ނިޔާވެފައިވަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން