ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ދަށުކޯޓުން ކުރި އަމުރުގެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ޝަމްއާން މާރޗް މަހު ހައްޔަރު ކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އޭނާގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
އެ މައްސަލާގައި އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން އަމުރު ކުރީ ޝަމްއާން 15 ދުވަހަށް ބަންދު ކުރުމަށެވެ. އެއަށްފަހު ކްރިމިނަލް ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ.
އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ވެސް ރަނގަޅު ކަމަށެވެ.
ދެން ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ. ނަމަވެސް، މިއަދު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.
މި މައްސަލައިގައި ޝަމްއާންގެ ފަރާތުން ފާހަގަކުރާ އެއްކަމަކީ، ތަހުގީގު ހިންގުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދައުރެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައިވާ މައްސަލައެވެ. ޝަމްއާންގެ ފަރާތުން ބުނެފައިވަނީ އެއީ ޖިނާއީ އިޖުރާއަތާއި ހިލާފު ކަމެއްކަމަށެވެ. އެހެންނަމަވެސް ކޯޓުގެ ހުކުމުގައިވަނީ އެއީ ގާނޫނާ ހިލާފް ކަމެއް ނޫން ކަމަށެވެ.
އަދި ހައިކޯޓުން ވެސް ވަނީ ދަށުކޯޓުގެ އެ ނިންމުމަށް ތާއީދު ކޮށްފައެވެ. ހައި ކޯޓުގެ އަމުރުގައި ބުނެފައިވަނީ މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖެ ނަމަ އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު