ހެންވޭރު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މިރޭ ބުނީ، މާލެ ހެންވޭރުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ ފާހަނައިގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައި ވަނީ ގ. ލަންކާ/ އަބްދުﷲ މުފީދު 46އ. ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އޭނާ މަރުވެފައި އޮއްވައި ފެނުނީ އެ ގެ ހުންނަ ސަރަހައްދުން ކުނިވަސް ދުވާތާ ހަތަރު ވަރަކަށް ދުވަސްވުމުން ބަޔަކު އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން އެތަނަށް ވަދެ ބެލުމުންނެވެ.

ފުލުހުން ވަދެ ބެލިއިރު އޭނާ އޮތީ ކުނިވެ ފުޅައަޅާފައިކަމަށްވެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން