ރާއްޖެ ހިމެނޭ ސަރަޙައްދީ ހަމަޖެހުމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ މި ސަރަހައްދުގެ ދެ ބޮޑު ދެގައުމު ކަމަށްވާ، އިންޑިޔާ އާއި ޕާކިސްތާނުގެ މަޝްރަޙު ވަރަށް ބޮޑަށް ގޯސްވެ ހަނގުރާމަ ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި އިންޑިއާގެ 25 މީހަކާއި ނޭޕާލް މީހަކު މަރާލި ހަމަލާގައި ޒިންމާވާ މީހުންނަށް އަދަބު ދިނުމަށް ކަމަށް ބުނެ އިންޑިއާއިން ވަނީ ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާނަށާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާއަށް ފަހު ރޭ ދަންވަރު އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ފެށި އޮޕަރޭޝަންގައި ޕާކިސްތާނުގެ ޖުމްލަ ނުވަ ސައިޓަކަށް ވަނީ އަމާޒުކޮށްފައެވެ. މި ހަމަލާގައި ޕާކިސްތާނުން 26 މީހަކު މަރާލައި 46 މީހަކު ޒަހަމްކޮށްލައިފަެި ވެއެވެ.
އެކަމާއި ގުޅިގެން ދެ ގައުމުގެ މަޝްރަޙު ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަވައްޓެރި ޤައުމުތަކުގެ މެދުގައި އިތުރުވަމުންދާ ގޮންޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް ކުރިމަތިވާ ނުރައްކާތަކަކީ ދިވެހިރާއްޖެއަށް ކަންބޮޑުވާންޖެހޭ ނަތީޖާތަކެއް ކަމަށެވެ.
"އަޅުގަނޑުމެން މިހާރުން މިހާރަށް ތައްޔާރުވާން ޖެހެނީ މާލީ އަދި އިޤްތިޞާދީ ގޮތުން ދިމާވެދާނެ ކޮންމެ ކަމަކަށް ވެސް، ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށްޓަކައެވެ،" އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން، އަމްރު ވިދާޅުވީ ސަރުކާރުން މިހާރުން މިހާރަށް، ވަގުތުން ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމައި، ރޭވުންތައް ރާވަން ޖެހޭކަމަށެވެ.
ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯހުން ގޯހަށް ބަދަލުވަމުން ދާއިރު ގައުމުތަކުން ދަނީ އިތުރަށް ގޯސްވިޔަނުދީ ސުލްހަޔަށް އިސްކަން ދިނުމަށް ގޮވާލަމުންނެވެ.
މި ކަމަކީ ރާއްޖޭގެ އިޤްތިޞާދަށާއި ސަލާމަތީ ކަންކަމަށް ސީދާ އަސަރުކުރާނެ ކަމަކަށްވާތީ، ސަރުކާރުން މިކަމާ ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވެއެވެ.

Escalating tensions and conflict between our neighbouring countries leading to regional instability pose concerning consequences for the Maldives. We must be prepared to take any financial and economic implications to minimise adverse effects. The government needs to make timely…
— Amr 🎈 (@HusenAmr) May 7, 2025
"އަޅުގަނޑުމެން މިހާރުން މިހާރަށް ތައްޔާރުވާން ޖެހެނީ މާލީ އަދި އިޤްތިޞާދީ ގޮތުން ދިމާވެދާނެ ކޮންމެ ކަމަކަށް ވެސް، ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށްޓަކައެވެ،" އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން، އަމްރު ވިދާޅުވީ ސަރުކާރުން މިހާރުން މިހާރަށް، ވަގުތުން ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމައި، ރޭވުންތައް ރާވަން ޖެހޭކަމަށެވެ.
ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯހުން ގޯހަށް ބަދަލުވަމުން ދާއިރު ގައުމުތަކުން ދަނީ އިތުރަށް ގޯސްވިޔަނުދީ ސުލްހަޔަށް އިސްކަން ދިނުމަށް ގޮވާލަމުންނެވެ.
މި ކަމަކީ ރާއްޖޭގެ އިޤްތިޞާދަށާއި ސަލާމަތީ ކަންކަމަށް ސީދާ އަސަރުކުރާނެ ކަމަކަށްވާތީ، ސަރުކާރުން މިކަމާ ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު