ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ ސްޓްރޯކު ޖެހުމެވެ. ސްޓްރޯކަކީ ސިކުނޑިއަށް ލޭ ދައުރުވުން ހުއްޓުމުގެ ސަބަބުން ނުވަތަ ސިކުނޑިއަށް ލޭ އޮހޮރުމުގެ ސަބަބުން މެދުވެރިވާ ހާލަތެކެވެ. މި ބަލި ޖެހުމަށް މެދުވެރިކުރުވާ ގިނަގިނަ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭތެރޭގައި ލޭމަތިވުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުން އަދި ހަށިގަނޑުގެ ބަރުދަން އިތުރުވުން ފަދަ ކަންކަން ހިމެނެއެވެ. މިއީ ކޮންމެ އުމުރެއްގެ މީހަކަށްވެސް ދިމާވެދާނެ ހާލަތެކެވެ. ވީމާ މިކަމާ ބެހޭ މައުލޫމާތު ހޯދައި، ސްޓްރޯކު ޖެހުމުގެ އަލާމާތްތަކާމެދު ކޮންމެ މީހަކުވެސް ހޭލުންތެރިވާން ޖެހެއެވެ.
ސްޓްރޯކެއް ޖެހޭކަން ދެނެގަނެވޭނެ އެންމެ ފުރަތަމަ ގޮތަކީ މޫނުގެ އެއް ފަރާތް އައްސިވެ، ހަރަކާތް ކުރަން އުނދަގޫ ވުމެވެ. މިއީ ވަރަށް އާންމުކޮށް ފެންނަ އަލާމާތެކެވެ. މޫނުގެ އެއްފަރާތް ކުއްލިއަކަށް ދޫވެ، ހިނިތުންވުމަށް އުނދަގޫވެ، އަދި މޫނުގެ އެއްފަރާތް ތިރިއަށް ޖެހިފައިވާނަމަ، އެއީ ސްޓްރޯކެއް ޖެހިފައިވާކަމުގެ ނިޝާނެކެވެ. މިފަދަ ހާލަތެއްގައި ވަގުތުން ޑޮކްޓަރަކަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.
ވާހަކަ ދައްކަން އުނދަގޫ ވުމަކީވެސް ސްޓްރޯކެއް ޖެހިފައިވާ ކަމުގެ އަލާމާތެކެވެ. ސްޓްރޯކެއް ޖެހުމުން، ގިނަ ފަހަރަށް ވާހަކަދެއްކުމަށް އުނދަގޫވެ، ބަސްތައް އޮޅި، ނުވަތަ ވާހަކަދައްކަން އެއްގޮތަކަށްވެސް ނޭނގި ހުރެދާނެއެވެ. މިސާލަކަށް، ކުއްލިއަކަށް ވާހަކަދެއްކުމަށް އުނދަގޫވެ، ނުވަތަ ބުނަން ބޭނުންވާ އެއްޗެއް ބުނަން ނޭނގި ހުރެއްޖެނަމަ، އެއީ ސްޓްރޯކެއް ޖެހިފައިވާކަމުގެ އަލާމާތެކެވެ. މިފަދަ ހާލަތެއްގައި ވަގުތުން ސިއްހީ އެހީތެރިކަން ހޯދަން ޖެހެއެވެ.
މީގެ އިތުރުން ކުއްލިއަކަށް ލޮލުގެ ފެނުމަށް ބަދަލު އައުމަކީވެސް ސްޓްރޯކެއް ޖެހުމުގެ ކުރިން ފެންނާނެ އަލާމަތެކެވެ. މިސާލަކަށް، ކުއްލިއަކަށް ދެލޮލުން ނުވަތަ އެއްލޯ ފެނުން ގެއްލުން، ނުވަތަ ދެލޯ ފެނުން އޮޅުން، ނުވަތަ ތަކެތި ދެފަށްވެ ފެނުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ. މިފަދަ ހާލަތެއްގައި ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.
ސްޓްރޯކަކީ ވަރަށް ނުރައްކާތެރި ހާލަތެކެވެ. އެހެންނަމަވެސް ސްޓްރޯކު ޖެހޭކަން އަވަހަށް ދެނެގަނެ، އަވަސް ފަރުވާ ލިބިއްޖެނަމަ، ގިނަ ފަހަރަށް ފަސޭހަވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، މަތީގައި ބަޔާންކުރެވުނު އަލާމާތްތަކުގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު