މަރުވި އާންމުންގެ މައްޗަށް ކަށުނަމާދު ކުރަނީ
މަރުވި އާންމުންގެ މައްޗަށް ކަށުނަމާދު ކުރަނީ
އިންޑިއާގެ ސިފައިން އިއްޔެއާއި މިއަދު ޕާކިސްތާނަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުގައި އެއް އާއިލާއެއްގެ 10 މީހުން ޝަހީދުވެއްޖެ އެވެ.

އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި މިދިޔަ މަހު ފަތުރުވެރިންތަކެއް މަރާލި ޓެރަރިސްޓް ހަމަލާތަކަށް ފަހު އެކަން ޕާކިިސްތާނުގެ ބޮލުގައި އެޅުވުމަށް ފަހު އިންޑިއާއިން ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި ބަޑިން ދުވަސްކޮޅަކު ހަމަލާތައް ދިނުމަށްފަހު އިއްޔެއާއި މިއަދު އިންޑިއާއިން ދަނީ ޕާކިސްތާނުން ދަނީ ވައިގެ ހަމަލާތަކެއް ދެމުން ނެވެ.

ޕާކިސްތާނުން މިއަދު ބުނީ ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެ ގައުމުގެ 31 އާންމުންގެ މީހަކު ޝަހީދުވެފައި ކަމަށެވެ. އޭގެ ތެރޭގައި އެއް އާއިލާއެއްގެ 10 މީހުން ވެސަ ހިމެނެ އެވެ.

އޭގެ އިތުުރުން 71 މީހަކު ޒަހަމްވި ކަމަށް ވެސް ޕާކިސްތާނުން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާއިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި ހަތަރު މިސްކިތެއް ވެސް ހިމެނެ އެވެ.

ޕާކިސްތާނުން ބުނީ އިންޑިއާގެ ފަސް ފައިޓާ ޖެޓު ވައްޓާލި ކަމަށާއި އެއާއެކު ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް އިންޑިއާގެ ފައިޓާ ޖެޓުތައް ނުވަދެވުނު ކަމަށެވެ.

އަދި ޕާކިސްތާނުގެ ފައިޓާ ޖެޓުތައް ވެސް އިންޑިއާގެ ވައިގެ ސަރަހައްދަށް ނުވަންނަ ކަމަށް އެ ގައުމުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން