އިންޑިއާގެ ހަމަލާގެ ޝިކާރައަކަށްވި މީހުންނަށް އިންސާފު ހޯދައިދޭނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު ވިދާޅުވީ ޕަންޖާބު ޕްރޮވިންސާއި ޕާކިސްތާނުގެ ވެރިކަންކުރާ ކަޝްމީރަށް އިންޑިއާއިން ދިން ހަމަލާގައި މަދުވެގެން 31 މީހުން މަރުވެ ދިހަވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ބޯޑަރުގައި އޮންނަ ކަޝްމީރު ބައިބައިކުރާ ލައިން އޮފް ކޮންޓްރޯލްގައި އާޓިލަރީ ބަޑިން ހަމަލާތައް ބަދަލުކޮށްފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
ޕާކިސްތާނުގެ ހަމަލާތަކުގައި އިންޑިއާއިން ހިންގާ ކަޝްމީރު ފަޅިން 13 މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ. ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ވަނީ “އޮޕަރޭޝަން ސިންދޫރު” ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ.
އިންޑިޔާއިން ބުނީ މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ޓެރަރިސްޓުން ތިބޭ ސަރަހައްދު ތަކަށް އެކަނިކަމަށެވެ. ނަމަވެސް ޕާކިސްތާނުން ބުނާ ގޮތުގައި އިންޑިޔާގެ މިސައިލްތައް ޕާކިސްތާނުގެ މިސްކިތްތަކަށް ވެސް އަމާޒުވެ އާންމުންވެސް ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު