މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" ގެ ނަމުގައި ފޭކް ވެބްސައިޓް އުފައްދައިގެން ދައުރު ކުރާތީ ސަމާލުވުމަށް އެ އިދާރާއިން އެދިއްޖެއެވެ.

އިމިގްރޭޝަނުން ދެމުން އަންނަ މައިގަނޑު ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމުތައް ހަމަަޖައްސާފައި ވަނީ އިމުގާ ވެބްސައިޓް މެދުވެރިކޮށެވެ. މިގޮތުން ދިވެހި ޕާސްޕޯޓަށް އެދި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅެއެވެ.

https://x.com/immigrationmv/status/1920421066809254243?s=46&t=8Jrgi34M5DtRUsa7pw962g

މިއަދު އިމިގްރޭޝަނުން ބުނީ، ފޭކް އިމުގާ ވެބްސައިޓްތަކެއް ދައުރުވާތީ ސަމާލުވުމަށް އެދޭ ކަމަށެވެ.

"ފޭކު ނޫނީ ތާޑް ޕާޓީ ވެބްސައިޓްތައް ބޭނުން ނުކުރުމަށް އެދެން، ޓްރެވެލް ޑިކްލަރޭޝަން ފޯމަކީ ހިލޭ ލިބޭ ފޯމެއްކަންވެސް އަންގަން،"އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިކަންކަމަށް ސަމާލުވުމަށް އިދާރާތަކުން ދަނީ އަންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން