މާލޭގެ އުސް އިމާރާތަކުން ޔުމްނު އަމިއްލައަށް ފުންމާލީ ނޫން ކަމަށް އޭނާ ބުނި ކަމަށް ޔުމްނުގެ އާއިލާއިން ބުނެފިއެވެ.
މިރޭ ޔުމްނުގެ އާއިލާއިން ދިން އިންޓަވިއުއެއްގައި ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި ބަޔަކު އޭނާ ވައްޓާލީ ކަމަށް ޔުމްނު ބުނެފައިވާކަމަށެވެ.
އަދި ވައްޓާލިވަގުތު އެތަނުގައި ރައުދުގެ އިތުރުން ޔައްސާރު އަދި އިތުރު 02 މީހުންނާއެކު ޖުމްލަ 04 މީހުން ތިބި ކަމަށްވެސް ޔުމުން ބުނިކަމަށްވެސް އައިލާއިން ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައި ވަނީއޭޕްރިލް މަހުގެ 18 ވަނަ ދުވަހުއެވެ. މި ހާދިސާގައި ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައިވާ ކަމަށް ބުނަމުން ދަނީ ކ.މާލެ، ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު އެވެ. މި ޒުވާޒާ ވެއްޓުނު ކަމަށް ފުލުހުން ބުނަމުންދާއިރު ބައެއް މީހުން ބުނަމުން ދަނީ އެއީ ދޮގެއް ކަމަށެވެ.
ފުލުހުން ފުރަތަމަ ނޫސްވެރިންނަށް ހާމަކުރި މައުލޫމާތު ބުނާ ގޮތުން ނަމަ، އެ ޒުވާނާ ވެއްޓުމުގައި އެއްވެސް މީހެއްގެ ބައިވެރިވުން އޮތް ކަމަށް ފެންނާކަށް ނެތެވެ.
އެކަމަކު، ޔުމްނުގެ އާއިލާ އާއި މާލޭގައި މި ފަހުން މުޒާހަރާ ކުރަމުން އަންނަ ޒުވާނުން އެކަން ގަބޫލެއް ނުކުރެއެވެ. އެމީހުން ބުނާ ގޮތުން ނަމަ، ޔުމްނު ވަނީ ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ވައްޓާލައިފައެވެ. އޭރު ޔުމްނު ކައިރީގައި ހުރީ ކ. މާލެ، ގ. އެރިޔަދޫ ރައުދު އަހުމަދު ޒިލާލްއެވެ.

ކިޔުންތެރިންގެ ހިޔާލު