ހާލަތު އިތުރަށް ގޯސްވާނަމަ ޕާކިސްތާނުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާންގެ ހާލަތު އަދި ރަނގަޅު ކަމަށާއި ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު ފޮރިން މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ. އެގޮތުން ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ބަޔާނުގައި ބުނީ ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.
އެބަޔާނުގައި ބުނެފައިވާގޮތުގައި ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެބަޔާނުގައި، މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައި، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިރައްޔިތަކަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ ފޮރިން މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުއްވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.
ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި އިންޑިއާގެ 25 މީހަކާއި ނޭޕާލް މީހަކު މަރާލި ހާދިސާ އާއި ގުޅިގެން އިންޑިޔާ އިން ވަނީ ޕާކިސްތާނަށް ވަރުގަދަ މިސައިލް ހަމަލާތަކެއްދީފައެވެ. ރަައްދުގައި ޕާކިސްތާނުން ވެސް އިންޑިޔާ ކޮންޓްރޯލް ކުރާ ކަޝްމީރަށް ހަމަލާ ދެމުންގެންދާއިރު ހަނގުރާމަ އާއި ގުޅިގެން މަޝްރަޙު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު