ސަރުކާރަށް ނޭނގި ބޮޑެތި ސްކޭމްތަކުގައި ޖެހެމުންދާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިހާރުގެ ސަރުކާރު ބޮޑެތި ސްކޭމްތަކުގައި ޖެހެމުންދާ ކަމަށް ފެންނަ ކަމަށެވެ. އެގޮތުން ސަރުކާރު އުފެދި އެއް އަހަރާއި ބައި ވެގެންދާއިރު، ސަރުކާރުން ތަފާތު ބޮޑެތި ސްކޭމްތަކުގައި ބައިވެރިވެ، އޭގެ ތެރެއަށް ވަދެގެންދާ ތަން ފެންނަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ. މިގޮތުން އަމީރު ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބަންކަރިން ފެސިލިޓީ މަޝްރޫޢާ ރަސްމާލެއާއި މާލެއާ ދެމެދު އަންޑަރވޯޓަރ ޓަނަލް އަދި ތިނަދޫ އަދި ގއ. ވިލިނގިލީގައި އެއަރޕޯޓް އެޅުމުގެ މަޝްރޫޢު ހިމެނެެއެވެ.
އަމީރު އިތުރަށް ވިދާޅުވީ އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނެ ބޮޑު ރަސްމިއްޔާތެއް ބޭއްވި ނަމަވެސް، މިއީ ބޮޑު ސްކޭމަކަށް ވެގެން ދިޔަ ކަމަށެވެ. އަދި ރަސްމާލެއާއި މާލެއާ ދެމެދު އަޅާ އަންޑަރވޯޓަރ ޓަނަލް އަކީ ރައީސް މުޢިއްޒު އިސްވެ ހުންނަވައިގެން ޕްރޮމޯޓްކުރާ ބޮޑު ސްކޭމެއް ކަމަށް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތިނަދޫ އަދި ގއ. ވިލިނގިލީގައި އެއަރޕޯޓް އެޅުމުގެ މަޝްރޫޢު ކަމަށް ބުނެ ސަރުކާރުން މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ދެއްކި މަންޒަރުތަކަކީ އޭއައި އިން ޖެނެރޭޓްކޮށްފައިވާ ތަސްވީރުތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު