ބުލޯޓު ވުން ނުވަތަ ބަނޑު ފުއްލުމަކީ ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ބުލޯޓުވުމަކީ ހަށިގަނޑުގައި ވައި އުފެދި ހަށިގަނޑުގެ ބަރުދަން އާންމު މިންގަނޑަށްވުރެ މައްޗަށް ދިއުމެވެ. މިކަން މެދުވެރިވަނީ ގިނައިން ކެއުމާއި، އެކަށީގެންވާ ވަރަށް ހަރަކާތްތެރި ނުވުމާއި އަދި މިނޫނަށް މިފަދަ ގިނަ މައްސަލަތަކެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ނުރައްކާތެރި ބަލިތަކަށް މީހާގެ ހަށިގަނޑު ހުށަހެޅެއެވެ. މިކަމުން ދުރުވުމަށް އެންމެ މުހިންމު އެއްކަމަކީ ރަނގަޅު ކާނާ ބޭނުންކުރުމެވެ.
ތިރީގައި މި ހިމަނާލަނީ ބުލޯޓު ވުމުން ދުރުވާން ބޭނުންނަމަ ކާންވީ ބާވަތްތަކެވެ.
ތަރުކާރީ
ތަރުކާރީގައި ގިނަ އަދަދަކަށް ފައިބާ އެކުލެވޭތީ މިފަދަ ބާވަތްތައް ކެއުމުން އަވަހަށް މީހާގެ ބަނޑު ފުރާލަދެއެވެ. އަދި މިފަފަ ބާވަތްތައް ކެއުމުން ގިނަ ވަގުތު ބަނޑު ފުރިފައި ހުންނާނެ އެވެ. އަދި ތަރުކާރީގައި ކެލަރީތައް މަދުވުމުގެ ސަބަބުން ބަރުދަން ލުއި ކުރުމަށް އެހީވެދެއެވެ. މީގެ އިތުރުން ތަރުކާރީގައި ވިޓަމިނާއި މިނަރަލްތައް ގިނައިން ހުންނާތީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުވެ، ބަރުދަން ފަސޭހައިން ލުއިވެއެވެ. އަދި ބުލޯޓުވުމުން ދުރުކޮށްދެއެވެ.
މޭވާ
މޭވާއަކީ އޭގައި ގިނަ އަދަދަކަށް ފައިބާއާއި، ވިޓަމިނާއި އަދި މިނަރަލްތައް ހިމެނޭ އެއްޗެކެވެ. މޭވާ ކެއުމުންވެސް ގިނައިރު މީހާގެ ބަނޑު ފުރިފައި ހުންނާނެއެވެ. އަދި ކާއެއްޗެހި ކަވައިގަންނަވަރު މަދު ކޮށްދޭނެއެވެ. އެހެންވެ މޭވާ ކެއުމުންވެސް މީހާގެ ބަރުދަން ލުއިވެއެވެ. އަދި ބުލޯޓު ވުމުން ދުރުކޮށްދެއެވެ.
ޕްރޮޓީން
މަސް، ބިސް، ކުކުޅު، އަދި ރަތް މަސްފަދަ ތަކެތީގައި ޕްރޮޓީން ގިނައިން ހުރެއެވެ. ޕްރޮޓީން ކެއުމުން ގިނަ ވަގުތު ބަނޑު ފުރިފައި ހުރެއެވެ. އަދި ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށް އެހީވެދެއެވެ. މަސްތައް ވަރުގަދަވުމުން ހަށިގަނޑުން އިތުރު ކެލެރީ އަންދައެވެ. އޭގެ ސަބަބުން މީހާގެ ބަރުދަން ލުއިވެ، ބުލޯޓުވުމުންވެސް ދުރުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު