ރައީސް މުޙައްމަދު މުޢިއްޒާއި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުގެ ދޮށީ ފިރިހެން ދަރިކަލުންނާ ގުޅުވައި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ މައްސަލައިގައި ބާއްވާ ޝަރީއަތުގެ އަޑުއެހުން ލައިވްކުރަން އާއިލާއިން އެދިވަޑައިގެންނެވި ނަމަވެސް ޝަރީއަތް ލައިވް ނުކުރަން ކޯޓުން ނިންމައިފިއެވެ.
ސިވިލްކޯޓުގައި ރައީސްގެ އާއިލާގެ ފަރާތުންވަނީ އެ މައްސަލާގައި ދައުވާކުރާ ތިން ފަރާތުގެ މައްސަލަ އެކުއެކީގައި ގެންދަން ކޯޓުގައި އެދިފައެވެ. އެއީ މަރިޔަމް ޒުބައިރުގެ އިތުރުން، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކެކެވެ.
ސާޖިދާގެ ފަރާތްޕުޅުން މި މައްސަލަތަކުގެ ޝަރީއަތް ލައިވްކުރަން އެދުނުނަމަވެސް، ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް އިއްޔެ ނިންމަވާފައިވަނީ އެކި ސަބަބުތައް ހުރުމުން ލައިވް ނުކުރުމަށެވެ.
ސަބަބުތަކެއްގެ ގޮތުގައި ގާޒީ ފާހަގަ ކުރައްވާފައިވަނީ ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަސްލަހަތު ހިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުމަކީ ޝަރީއަތް ލައިވްނުކުރުމަށް ފަނޑިޔާރަށް ބެލިދާނެ މަގުބޫލު ދެ ސަބަބުކަމަށް ފެނުން ހިމެނޭކަމަށެވެ.
އަދި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އާންމު އުސޫލަކީ މައްސަލަތައް ވީހާވެސް ހާމަކަން ބޮޑުކޮށް ހުޅުވާލައިގެން ގެންދިއުން ކަމަށް ވިއަސް ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލަތަކަށް އެ އުސޫލުން އިސްތިސްނާ ލިބިފައިވާކަން ގާޒީ ފާހަގަ ކުރައްވާފައިވެއެވެ.
އޭގެއިތުރުން މުޅި މައްސަލައިގެ މައިގަނޑު މައުޟޫއު ކުޑަކުއްޖަކަށް އަމާޒުވާއިރު ކޯޓުން ޝަރީއަތުގެ އަޑުއެހުންތައް އިންތިޒާމު ކުރުމުގައި ވެސް އެންމެ ބޮޑަށް ބަލަން ޖެހޭނީ އެ ކުއްޖާއަށް އެންމެ މަސްލަހަތު ބޮޑު ގޮތަށްކަމަށްވުން އަދި ސިޔާސީ ގޮތުން ޝައުގުވެރިކަން އުފެދިފައިވާ މައުޟޫއެއްގެ އަމާޒަކަށް ކުޑަކުއްޖަކުވާ ހާލަތުގައި، ޝަރީއަތް ލައިވްކޮށްފިނަމަ އެ ކުއްޖާއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމުގެ ފުރުސަތު ބޮޑުކަމަށް ސަބަބުތަކުގެ ތެރޭގައި ގާޒީ ފާހަގަ ކުރައްވާފައިވެއެވެ.
ރައީސްގެ ދަރިކަލަކާ ގުޅުވައި ދެއްކި ވާހަކައަކުން ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު މަރިޔަމް ޒުބައިރުގެ ފަރާތުން ބުނަމުންދަނީ އޭނާގެ ވާހަކައިގައި އެއްވެސް ދަރިކަލެއްގެ ވާހަކަ ގެނެސްފައި ނުވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު