އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި، އެ މުވައްޒަފަކު ހުރި ތަނެއްގައި ހުރެ، 'ވޯކް ފްރޮމް ހޯމް' އުސޫލުން މަސައްކަތް ކުރާގޮތަށް ހެދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޭއްވި ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް "މޯލްޑިވްސް 2.0" ސަމިޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ބަލާއިރު، ކުރިއަށް އޮތް ތިން އަހަރާއި ބައިގެ ތެރޭގައި ޑިޖިޓަލައިޒޭޝަންގެ މުޅި މަސައްކަތް ހާސިލުވެގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން އޮފީސްތަކުގައި ޚިދުމަތް ދިނުމުގައި މުވައްޒަފުންނަށް ވެސް ވަރަށް ބޮޑު ތަނުން ފަސޭހަވެގެންދާނެ ކަމަށާއި، އޮފީހުގައި ތިބެގެން ޚިދުމަތް ދޭންޖެހޭ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑު ތަނުން މަދުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މުޅި ދައުލަތުގައި މިހާރު ޚިދުމަތުގައި މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް 49،000 މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކުރެވޭނެ ކަމަށެވެ. މިގޮތުން މަހަކު 30 ގަޑިއިރު ނުވަތަ ކަނޑައެޅޭ ވަކި ވަގުތަކަށް އޮފީހަށް އައުން ހިމެނޭ ގޮތަށް މި ނިޒާމު ބައްޓަންކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ރައީސް ފާހަގަކުރެއްވި ގޮތުގައި ޞިއްޙީ ޚިދުމަތްތެރިންނާއި ތަޢުލީމީ ދާއިރާ ފަދަ ކޮންމެހެން އޮފީހަށް އަންނަންޖެހޭ ބައެއް މުވައްޒަފުން މި ނިޒާމުގެ ތެރެއަކު ނުހިމެނޭނެއެވެ.
މި ބަދަލުގެ ސަބަބުން ސަރުކާރުގެ އޯވަރހެޑް ކޯސްޓް ކުޑަކުރެވި، އެފިޝަންސީ އިތުރުވެ، ދެ ފުށް ފެންނަ މިންވަރު އިތުރުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލެ ފަދަ ކާރުބާރު ބޮޑު ތަންތަނުގައި ޓްރެފިކް މައްސަލަ ޙައްލުވެ، ގްރީން ހައުސް ގޭސް ބޭރުވާ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި އަމާޒު ހާސިލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، 2028 ވަނަ އަހަރު ފެށޭއިރު މި މިންގަނޑު ހާސިލް ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު