ކުޑަކުދިންގެ ސިކުނޑީގައިވާ ހިޔާލުތަކާއި ހަނދާންތަކަކީ އެކުދިންގެ ތަޢުލީމީ ދިރިއުޅުމުގައި އަދި އާންމު ދިރިއުޅުމުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ހަނދާން ދެރަވެއްޖެނަމަ، ކުދިންނަށް ކިޔެވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އަދި އާންމު ދިރިއުޅުމުގެ ކަންތައްތައް ކުރުމުގައިވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް، ބައެއް ކަހަލަ ކާނާ ކެއުމުން ސިކުނޑީގެ ސިއްހަތު ރަނގަޅުވެ، ހަނދާން ގަދަވުމަށް އެހީވެދެއެވެ. ތިރީގައި މި ހިމަނާލަނީ ދަރިފުޅުގެ ހަނދާން ގަދަ ކުރަން ބޭނުންނަމަ ދޭންވީ ބައެއްް ކެއުމުގެ ބާވަތްތަކެވެ.
މަސް
މަހަކީ އޭގައި ގިނަ އަދަދަކަށް އޮމެގާ 3 ފެޓީ އެސިޑު ހިމެނޭ އެއްޗެކެވެ. މި މާއްދާއަކީ ސިކުނޑީގެ ގުޅުންތައް ހަރުދަނާކޮށް، ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ މާއްދާއެކެވެ. ހަފްތާއަކު މަދުވެގެން ދެ ފަހަރު މަސް ކެއުމަކީ ކުޑަކުދިންގެ ހަނދާން ގަދަ ކުރުމަށް ވަރަށް ބޮޑަށް އެހީވެދޭނެ ކަމެކެވެ.
ބިސް
ބިހުގައި ގިނަ އަދަދަކަށް ކޮލިން އަދި ވިޓަމިން ބީ އެކުލެވިފައި ވެއެވެ. މި ދެ މާއްދާއަކީވެސް ސިކުނޑީގެ މަސައްކަތް ހަލުވިކޮށް، ހަނދާން ގަދަ ކުރުމަށް އެހީވެދޭ މާއްދާތަކެކެވެ. މީގެ އިތުރުން، ބިހުގައި ޕްރޮޓީން ގިނައިން އެކުލެވިފައިވާތީ، ކުދިންގެ ހަށިގަނޑުގެ ހަކަތަ ދެމެހެއްޓުމަށްވެސް އެހީވެދެއެވެ. ކޮންމެ ދުވަހަކު އެއް ބިސް ކެއުމަކީ ކުޑަކުދިންގެ ހަނދާން ގަދަ ކުރުމަށް ވަރަށް ރަނގަޅު ކަމެކެވެ.
ބްރޮކޮލީ
ބްރޮކޮލީއަކީ އޭގައި ގިނަ އަދަަދަކަށް ވިޓަމިން ކޭ އަދި އެންޓިއޮކްސިޑެންޓްތައް ހިމެނޭ ތަރުކާރީއެކެވެ. މި މާއްދާތަކަކީ ސިކުނޑީގެ ސެލްތައް ހިމާޔަތްކޮށް، ސިކުނޑީގެ މަސައްކަތް ހަލުވިކޮށްދޭ މާއްދާތަކެކެވެ. މީގެ އިތުރުން، ބްރޮކޮލީގައި ފައިބަރ ގިނައިން އެކުލެވިފައިވާތީ، ހަޖަމު ކުރުމަށްވެސް އެހީވެދެއެވެ. ހަފްތާއަކު ދެތިން ފަހަރު ބްރޮކޮލީ ކެއުމަކީ ކުޑަކުދިންގެ ހަނދާން ކުރުމަށް އެހީވެދޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު